މުއިއްޒުގެ މުޅި ސަރުކާރުގައި އަދުރޭގެ ނުފޫޒު!

މުއިއްޒު ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ ލިސްޓެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު އެ ލިސްޓުގައި ގިނައިން ހިމެނެނީ އަދުރޭގެ މީހުންނެވެ. ޑރ. މުއިއްޒު ބޭނުންފުޅުވާ ބައެއް މީހުން އަދިވެސް ލިސްޓަށް ނުލެވެއެވެ. އަދުރޭ އަކީ މުއިއްޒުއަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކުޅުނު ހުރިހާ ސިޔާސީ ކުޅި ކުޅުނު ފަރާތެވެ.

ޕީއެންސީގެ ޗެއާޕާސަން ކަމާއި އަދި ޑރ. މުއިއްޒުގެ އެޑްވައިޒަރ ކަމުގައި ހުންނެވި އަދުރޭ މިހާރު މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމްގައި ތިބި މެމްބަރުން މަޖްލިސް އިންތިހާބުގެ ކުރިން ޕީއެންސީއަށް ބަދަލު ކުރުމަށެވެ. އެގޮތުން ޕީއެންސީއަށް 10000 މެމްބަރުން ހޯދުމުގެ ހީލަތްތެރި ކުޅި މިހާރު ދަނީ ކުޅެމުންނެވެ.

މީގެ އިތުރުންވެސް އަދުރޭ އަންނަނީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ޔާމީން ޖަލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެކަން ޔާމީންއަށް އެނގި ޔާމީން ވަނީ އަދުރޭ އާއި އެކު އޮތް ގުޅުން ކަނޑާލާފައެވެ. އަދުރޭ އާއި ޔާމީންގެ ގުޅުން ކެނޑިފައިވާ ކަމަށް އަދުރޭ ދާދި ފަހުން ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ.

އަދުރޭ އަންނަނީ މަޖްލިސް އިންތިހާބުގެ ގިނަ ގޮޑި ނެގުމަށް މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ވިއްކަމުންނެވެ. މިހާރުވެސް އަދުރޭ އާއި އޭނާގެ ފިރިހެން ދަރި އިބްރާހިމް ފައިސަލް އަދި އަންހެން ދަރީގެ ފިރިމީހާއަށް ވަނީ ވަޒީރުކަން ހޯދާ ދީފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ ފޭކް ޕީއެޗްޑީ ޑރ. މުހައްމަދު ޝަފީގުއަކީ އަދުރޭ މިނިސްޓަރުކަން ދޭ ފަރާތްތަކެވެ.