ރައީސް މުއިއްޒުގެ ސަރުކާރުގެ ތިން ވަޒީރުންކަމަށްވާ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރ ގައްސާން އާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ސިއްރު މަޝްވަރާތަކެއް ރައީސް ޔާމީނާއިއެކު ކުރަމުންދާކަމަށް ހަބަރު ލިބިއްޖެއެވެ.
ޝިޔާމް, ސައީދު އަދި ގައްސާން ރައީސް ޔަމީނާއި އެކު މަޝްވަރާ ކުރަމުން ދަނީ ޔާމީން އިސްވެ ހުންނަވައި ޕީޕަލް ނެޝަނަލް ޕްފޮންޓު ރަޖިސްޓްރީއަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ދަނިކޮށެވެ. ޝިޔާމް އާއި ގައްސާން އަކީ ރައީސް ޔާމީން އުފެއްދި ޕީޕީއެމްގެ ނައިބް ރައީސުންނެވެ. ޔާމީން ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވީ މި ތިން ބޭފުޅުން ޔާމީން އާއި މަޝްވަރާ ކުރައްވަމުން ގެންދަނީ ޑރ. މުއިއްޒުގެ ސަރުކާރުގެ ކޮންޓްރޯލް އަދުރޭ ނެގުމާއި ގުޅިގެން މުއިއްޒުގެ ސަރުކާރު ބަލިކަށިވަމުން އަންނާތީއެވެ.
އަދި ސިޔާސީ މަސްރަހު މިހާރު އެނބުރެމުންދާ ގޮތުން ރައީސް ޔާމީންގެ ތާއިދުނެތި މުއިއްޒުއަށް ވެރިކަން ނުކުރޭވެނެ ކަން މި ބޭފުޅުންނަށް ވިސްނި, އަވަސް ހައްލެއްގެ ތެރެއިން ސަރުކާރު ނިންމާލުމަށްކަމަށް ވެއެވެ.
ރައީސް ޔާމީންގެ ޕާޓީއަށް ޕީޕީއެމް އަދި ޕީއެންސީގެ ހާޑްކޯ މީހުން އަންނަނީ ގުޅެމުންނެވެ. އަދި ޕީއެންސީ އާއި ގުޅެނީ މަގާމުގެ ބޭނުމުގައި ގުޅެމުންދާ މީހުންނެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ ޝިޔާމް އާއި ސައީދު އަދި ގައްސާންްއަށް މަގާމު ދީފައިވަނީ މުއިއްޒުއަށް މަޖްބޫރުވެގެންނެވެ. އެ ތިން މީހުން ޖެހެނީ އެމީހުން ތިއްބެވީ ޔާމީނާއި ދެކޮޅަށްކަން މުއިއްޒުއަށް ސާބިތު ކޮށްދިނުމަށެވެ.
އެނގިފައިވާ ގޮތުގައި އަދުރޭ މިހާރުވެސް ގެންދަވަނީ މަޖްލިސްގެ ތެރެއިން މި ތިން ބޭފުޅުންނަށް ރުހުން ނުދިނުމަށެވެ. އަދި އޭގެ ސަބަބުން މި ތިން ބޭފުޅުންގެ މަޖްލިސް ގޮޑިވެސް ގެއްލި އަންނަ ދައުރަށް ނޮހޮވޭނެކަމަށް މުއިއްްޒުގެ ޓީމުން ގަބޫލްކޮށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މި ބޭފުޅުންނަށް ވަނީ މައުލޫމާތު ލިބިފައެވެ.