ޓޫރިޒަމް މިނިސްޓަރ އަދުރޭގެ ދަރި ފައިސަލްއަށް ރުހުން ނުދޭނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ވިޔަފާރިވެރިން އެދެފި

އަބްދުއް ރަހީމްގެ ދަރި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއަށް މަޖްލިސްއިން ރުހުން ނުދޭން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިން އެދެފިއެވެ.

ފައިސަލްއަށް ރުހުން ނުދިނުމަށް އެދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ވަނީ މިއަދު އެމްޑީޕީގެ ޕީޖީ ގްރާޕާއި ބައްދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ވިޔަފާރިވެރިން އެގޮތަށް އެދުނީ ފައިސަލްއަކީ މަގާމަށް ކުފޫ ހަމަވާ ވަރުގެ ތައުލީމާއި ތަޖްރިބާ ލިބިފައިވާ މީހަކަށް ނުވުމެވެ.

ފައިސަލް އަކީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ވަޒީރަކަށް އައްޔަން ކުރި އެންމެ ނާގާބިލް ފަރާތެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރ އަކަށް އައްޔަންކޮށްފައިވަނީ ރައީސް މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަބްދުއް ރަހީމްގެ ބާރުގައެވެ. މުއިއްޒު ވަނީ ސަރުކާރުގެ 30 ޕަސެންޓު އަދުރޭ ދިނުމަށް އެއްބަސްވެފައެވެ.