
މިނިސްޓަރ އޮފް ސްޓޭޓު ފޯ ޓޫރިޒަމް ފުވައްމުލަކު މާވޭދު މުއްނިމު އަނީސް މަގާމުން ވަކިކޮށްފިއެވެ.
މުއްނިމު މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. މުއްނިމު މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން ހާމަ ނުކުރެއެވެ.. މުއްނިމު އަކީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްގެ އަރިސް ފަރާތެކެވެ.
މުއްނިމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި މުހައްމަދު ފަހުމީ ހަސަންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ފަހުމީއަކީވެސް ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.
ސަރުކާރުގެ ބައެއް ސްޓޭޓު މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީ އަދި ޑީއެމްޑީގެ މަގާމަށް މީހުން އައްޔަން ކުރަނީ އެފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ހޯދުމަށްފަހު ކަމަށް މައުލޫމާތުލިބެއެވެ. މިއީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަދުރޭގެ ބެލުމުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.