ގޭންގުތަކުން ބޭނުންވާ މީހުން ފުލުހުންގެ އިސްމަގާމަތުކަށް އައްޔަން ކުރާތީ ފުލުހުންގެ އެތެރޭގައި ކޯޅުން

ގޭންގުތަކުން ބޭނުންވާ މީހުން ފުލުހުންގެ އިސްމަގާމުތަކަށް އައްޔަން ކުރުމާއި ގުޅިގެން ފުލުހުންގެ ތެރޭގައި މައްސަލަ ގޯސްވެ ރައީސް ޑރ. މުއިއްޒު ކުއްލި ބައްދަލުވުމެއް އާ ރަށުގައި ބާއްވައިފިއެވެ.

ފުލުހުންގެ އިސް މީހަކު ބުނީ ފުލުހުންގެ އެތެރޭގެ މަގާމުތަކަށް އަަލަށް އިސްކުރަމުން ދަނީ ގޭންގުތަކުން ބޭނުންވާ މީހުންނެވެ. އެގޮތުން އޭސީޕީ ރިޔާޒު އާއި އިންޓެލް ހެޑް ފަރުހާދު އާއި އިތުރު ބައެއް ފުލުހުން މަގާމުގެ މަސްއޫލިއްޔަތުން ވަނީ އެކަހެރިކޮށްފައެވެ. އަދި އެ މަގާމުތަކަށް ގެނެއުމަށް މަސައްކަތް ކުރަނީ ރާއްޖޭގެ ނުރައްކާތެރި ގޭންގުތަކުން ބޭނުންވާ މީހުންނެވެ.

މަސްތުވާތަކެއްޗާއި, ގޭންގު މާރާމާރީ ކޮންޓްރޯލް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ނަތީޖާްއެއްގެ ގޮތުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ވަނީ އަތުލައިގެންފައެވެ. ފާއިތުވި 5 އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2 ބިލިއަން ރުފިޔާ އާއި ގާތްކުރެއެވެ.

ރައީސް ސޯލިހުގެ ސަރުކާރާއި ދެކޮޅަށް ރާއްޖޭގެ ގޭންގުތަކުގެ އިސް މީހުން ނިކުތް އެންމެ ބޮޑު ސަބަބަކީ މަސްތުވާތަކެތު ރާއްޖެ އެތެރެ ކުރުން ހުއްޓުވުމެވެ. އެރުޅިގަނޑުގައި ގޭންގުތަކުން ވަނީ ރައީސް ކަމަށް ޑރ. މުއިއްޒު އާއި ސެމްބެ ގެނައުމަށް ގިނަ ހަރަދުތަކެއްކޮށްފައެވެ. އެގޮތުން މުއިއްޒު އާއި ސެމްބެގެ ދަތުރުކުރަމުން ދިޔައީ ގޭންގުތަކަށް ނިސްބަތްވާ ލޯންޗު ފަހަރުގައެވެ.

ނައިބް ރައީސް ސެމްބެއަކީ ގޭންގު ތަކާއި ގާތްގުޅުމެއް ބާއްވާ މީހެކެވެ. އަދި ކެމްޕެއިން ވައުދު ތަކާއި އެއްގޮތަށް ފުލުހުންގެ އިސްމަގާމުތަކަށާއި, ކޯޓުތަކަށް ގޭންގުން ބޭނުންވާ މީހުން އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.