ބައްޕައަކާއި ނުކުޅެވޭނެ ރައީސް ޔާމީނަކަށް: ފައިސަލް

ރައީސް ޔާމީނަކަށް ސިޔާސީ ގޮތުންވެސް އަދި އެހެން ގޮތަކުންވެސް ދެން އަބްދުއް ރަހީމް އާއި ނުކުޅޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަދި އަދުރޭގެ ދަރި އިބްރާހިމް ފައިސަލް ބުނެފިއެވެ.

ފޮނަދޫގެ ޒުވާނުން ތަކަކާއި އެކު ކޮފީއެއްގައި ބުރެ ފައިސަލް ބުނީ ރައީސް ޔާމީން ދެން އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށާއި ވެރިކަމަށް ފެންބޮވައިގަތީ މާ އަވަހަށް ކަމަށެވެ.

"ރައީސް ޔާމީނަކަށް ދެން ކޮށްދޭނެ ކަމެއް ނެތް, އޮންނަވަން ޖެހޭނީ ޖަލުގައި, އަދި ކުރިއަށްއޮތްތާ ޕާޓީއެއް ހެދިއަސް ލިބޭނެ ކުރިއެރުމެއް ނެތް" ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ތަޖުރިބާކާރު ބޭފުޅަކީ އޭނާގެ ބައްޕަ އަދުރޭ ކަމަށެވެ. އަދި ޕީއެންސީ އަކީ ސީދާ އެމަނިކުފާންގެ ބައްޕަގެ ކަމެއް ކަމަށާއި ޕާޓީ ރަޖިސްޓްރީކޮށްފައިވާނީވެސް ލ. ފޮނަދޫ އަދުރޭގެ އަމިއްލަ ގެއަށް ކަމަށެވެ.

މީގެ އިތުރުންވެސް ފައިސަލް ބުނީ ޔާމީން ޕޮާޓީ ހެދިއަސް މަޖްލިސްގެ އެއްވެސް ގޮޑިއެއް ކާމިޔާބު ކުރުމަށް ލާހިކައެއް ނޫންކަމަށެވެ. އަދި ލ. އަތޮޅުން ޔާމީންގެ ނަން ފޮހެލާނެކަމަށެވެ.

މީގެ އިތުރުންވެސް ފައިސަލް ބުނީ އަދުރޭ މަޖްލިސްގެ ރައީސްއަށް ހޮވައި އެކަން ރައީސް ޔާމީނަށް ދެއްކުމަށް ޕީއެންސީގެ މެމްބަރުން މިހާރު ކަމަރުބަނދެފައިވާ ކަމަށެވެ. ފައިސަލް އަކީ މިސަރުކާރުގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ވަޒީރެވެ.