
މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލް ޑިޕާޓުމަންޓުގެ އިސްވެރިން މަގާމުން އެކަހެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަކުން މެޑަމް ސާޖިދާގެ ކޮއްކޮ އަތީގު އަލީ އައްޔަންކޮށްފިއެވެ.
ފުލުހުންގެ އިސް ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި ޕޮލިސް އިންޓެލް ހެޑަކަށް ޕްރޮމޮޓު ކުރި އަތީގަކި ވަރަށް ފަލުން ޕޮލިހަށް ކަމިޝަންވި ފުލުހެކެވެ. އޭނާ ވަނީ ޕޮލިސް އިންޓެލް ހެޑްގެ އިތުރުން ޕޮލިސް ޓެކްނިކަލް އިންޓެލިޖެންސް އަދި ސެކިއުރިޓީ އިންޓެލިޖެންސް ހެޑްކަންވެސް ހަވާލުކޮށްފައެވެ.
އަތީގު ޕޮލިސް އިންޓެލް ހެޑަކަށް ޕްރޮމޯޓު ކުރި އިރު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން ވަނޯ އެކަހެރިކޮށްފައެވެ. އަދި ޕޮލިސް އިންޓެލްގެ އިތުރު ގިނަ ބަޔަކު ވެސް ވަނީ މަސައްކަތުން އެކަހެރިކޮށްފައެވެ.
ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކަށް ބަދަލު ގެންނައިރު ޕޮލިސް ކަމިޝްނާއަކަށް ޓޫފޫ ގެނައުމަށް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. މިވަގުތު އެކްޓިން ޕޮލިސް ސީޕީ އަކީ މަންނާނުއެވެ. މަންނާނު ކުރިން ނިންމާފައިވަނީ މާދަމާ ޕޮލިހުންގެ ހިދްމަތުން ރިޓަޔާ ކުރައްވާށެވެ.
މައުލޫމާތު ލިބޭގޮތުގައި ފުލުހުންގެ އިސް ބައެއްފަރާތްތައް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމާއި ގުޅިގެން ފުލުހުންގެ އެތޭގައިވަނީ ރައީސް ޑރ. މުއިއްޒު އާއި ދެކޮޅުވެރިކަން ފެތުރިފައެވެ.
ފުލުހުންގެ އިސް އޮފިޝަލް ބުނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރި ގިނަ މީހުންނަކީ ކުރީގެ ސީޕީ ހުސެއިން ވަހީދު އާި ގުޅުން ހުރި ފަރާތްތައް ކަމަށެވެ. އަދި ޕޮލިސް ކަމިޝްނާ މުހައްމަދު ހަމީދު އާއި ގުޅުން ހުރި ބައެއް މީހުންވެސް ވަނީ މަގާމުގެ މަސައްކަތުން އެކަހެރިކޮށްފައެެވެ.