
ރިޔާސީ އިންތިހާބުގައި ގޭންގުތަކުން ޑރ. މުއިއްޒު އާއި ސެމްބެ އާއި އެކު ގޭންގު ތަކުން ހަދާފައިވާ ޑީލްގެ ތެރެއިން ނުރައްކާތެރި ކުށްވެރިންތަކެއް ޖަލުން ދޫކޮށްލައިފިއެވެ. ޖަލުން ދޫކޮށްލާފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އެވެ. އެ ތިން މީހުން ދޫކުރީ އެމީހުންގެ މައްޗަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެއެވެ.
މިގޮތަށް ނިންމުމާ އެކު މިހާރު ވަނީ، އެ މީހުން ބަންދުން ދޫކޮށްލި އިރު ފައިގައި އެޅުވި “މޮނިކޮން” ޓެގް ނައްޓާލުމަށް އަމުރުކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލައިފަ އެވެ.
މި ގޮތަށް މި މައްސަލަ ކުއްލިއަކަށް ނިންމާފައިވަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށް މައުލޫމާތު ލިބެއެވެ. މި ސަރުކާރަކީ ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކާއި، ގޭންގުތަކާއި ގާތް ގުޅުމެއް އޮންނަ ސަރުކާރެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ނިންމުމާ އެކު، މިދިޔަ ސަރުކާރުގައި އުފެއްދި މަރުތައް ބަލާ ކޮމިޝަނުން ދައުވާ ކުރަން ނިންމި ތިން މީހުން ވެސް މިނިވަންވީ އެވެ.
ރިލްވާނާއި ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. މީގެ ކުރިން މުހައްމަދު ނޫރައްދީން އަދި އަހުމަދު އާލިފް ރައޫފަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، އެމީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.