9000 ވަގު ކޯޓާ ވިއްކި ޝައްމާން އިމިގްރޭޝަންގެ ވެރިޔަކަށް

އިމިގްރޭޝަންގެ ވަޒީފާގައި ހުރެ 9000 އަށް ވުރެ ގިނަ ބިދޭސީ ކޯޓާ ވިއްކިކަން ފަޅާއެރި ޝައްމާނު ވަހީދު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަންކޮށްފިއެވެ.

ކަރަޕްޝަނަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެ ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒު ޝައްމާނު އިމިގްރޭޝަން ކޮންޓްރޯލާ މަގާމަށް އައްޔަންކޮށްފައިވާ ޝައްމާނު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހަމަޖައްސާފައިވަނީ މުއިއްޒުގެ އެޑްވައިޒަރު އަބްދުއް ރަހީމްގެ ދަރި ޓޫރިޒަމް މިނިސްޓަރގެ އިބްރާހިމް ފައިސަލްގެ ނުފޫޒުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައްމާނު ވަނީ އޭނާ އިމގްރޭޝަންގެ ވަޒީފާގައި ހުރެ 9000 އަށް ވުރެ ގިނަ ކޯޓާ އެލިސަން ޖަނާއަށް ވިއްކާފައެވެ. އެލިސަން ޖަނާހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމަށް އައްޔަންކޮށްފައެވެ.

ޝައްމާނު ވަނީ ގިނަ އަދަދެއްގެ ބިދޭސީން ގެންނަން އެކި ކުންފުނިތަކަށް ކޯޓާ ވިއްކާފައެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ދަ ޗާކޯލް ނަމުގައި މާލޭގައި ކެފޭއެއްވެސް ހުޅުވާފައެވެ.

ޝައްމާނު އިމިގްރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ކޮވިޑު-19ގެ ދުވަސްވަރު މަސައްކަތަށް ހާޒިރު ނުވުމުންނެވެ. އޭނާ ވަނީ ފަހުން އެ މައްސަލަ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައި ކާމިޔާބުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައްމާނު އާއި އަދުރޭގެ ދަރި އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަަލް އަންނަނީ ރައީސް ސޯލިހުގެ ސަރުކާރުން ދޭން ނިންމި ފްލެޓް ރިވިއު ކުރުމަށްފަހު އިތުރު މީހުން އަތުން ފައިސާ ހޯދައިގެން ދޭން މަސައްކަތް ކުރަމުންނެވެ. އޭގެ ތަފްސީލު ފަހުން ގެނެސްދޭނަމެވެ.