
ޕީޕީއެމްގެ ރައީސް ޔާމީންގެ ދިފާއުގައި 5 އަހަރު ހޭދަކުރި ޕީޕީއެމްގެ މެމްބަރުން ބާކީކޮށް މުއިއްޒުގެ ސަރުކާރުގެ މަތީ މަގާމުތައް ބާޒުތަކަށް ދިނުމުން އާއްމު ޕިޕީއެމް މެމްބަރުން ރަތައް އަރައިފިއެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު މުއިއްޒު ގެންދަވަނީ ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަވަދިނެތިއެވެ. ނަމަވެސް ރައީސް ޔާމީނގެ ސަޕޯޓަރުންނާއި އެމަނިކުފާނަށް ލޯޔަލް އެންމެން ދަނީ އެއްކައިރި ކުރަމުންނެެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމި އެމަނިކުފާން ޖަލަށް ލެވުމުން އެމަނިކުފާން އާއި ޕީޕީއެމް ދޫކޮށް އަމިއްލަ ފައިދާއަށް އެތަން މިތަނަށް ދިޔަ މީހުންނަށް މިއަދު މުއިއްޒު ދަނީ ރައީސް އޮފީހާއި ސަރުކާރުގެ މަތީ މަގާމުތައް ދެމުންނެވެ.
އެގޮތުން ޕީޕީއެމް ދޫކޮށް ޖުމްހުރީ ޕާޓީއަށް ދިޔަ އިގްބާލާއި އަލީ އާރިފަށް ރައީސް އޮފީހުގެ މަތީ މަގާމުތައް މުއިއްޒު ވަނީ ދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުންފުނިތަކާއި ސަރުކާރުގެ މަތީ އެއްވެސް މަގާމަކަށް ޕީޕީއެމްގެ ރައީސް ޔާމީންގެ ވަފާތެރިއަކު ނުލުމަށް އަދުރޭ އާއި މުއިއްޒު ވަނީ ނިންމާފައެވެ. އަދި އެކަން މިހާރު ދަނީ ފެންނަމުންނެވެ.