ފްލެޓު ކުލި: އިބޫ 5300ރ, މުއިއްޒު 5600ރ. ވައުދުވެސް މުއިއްޒުވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ހަފްތާއަކަށްވީ އިރު އެންމެ ބޮޑު ޖޯކަކީ ޑރ. މުއިއްޒު ވަމުންދާ ވައުދުތަކެވެ.

ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި ހިތުހުރި ގޮތަކަށް ބެއްސެވި ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވައުދުވީ އިރު މިހާރު ފްލެޓު ކުއްޔަކީ މަހަކު 5300 ރުފިޔާއެވެ. ރައީސް ސޯލިހު ވަނީ ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރައްވާފައެވެ. މުއިއްޒު ވައުދުވީ ހިޔާ ފްލެޓުގެ އަގު ބޮޑު ކުރާށެވެ. ކުއްޔަށް 5600 ރުފިޔާ ނަގާށެވެ.

ޑރ. މުއިއްޒު އިންތިހާބަށް ވަމުން ގެންދަވާ ގިނަ ވައުދުތައް އެމަނިކުފާން ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި ހިންގި މަޝްރޫއުތަކަށްވީ ގޮތަށް "މުއިއްޒު" ވަނީއެވެ.

ފްލެޓު ކުލި ކުޑަ ކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވަމުން ދެން ވިދާޅުވީ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ބަހައްޓަވާ ދެއްވާނެކަމަށެވެ. އެކަމަކު މި ހިޔާ ފްލެޓަކީ މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި އެޕްރޫވްކޮށް އިމާރާތް ކުރަން ފެށި ހައުސިން ޔުނިޓުތަކެކެވެ. އާކިޓެކްޗަރ އިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި މުއިއްޒުއަށް އެދުވަހު ހިޔާ ފްލެޓުގައި 3 ލިފްޓުލީ އިރު މައްސަލައެއް ނުފެނުނެވެ. ހިޔާ ފްލެޓުގެ ލިފްޓުވެސް އޮތީ މުއިއްޒުވެފައެވެ.