
ިންތިހާބީ ރައީސްގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވަނީ މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް އެކުވެރި ގިނަ ގައުމުތަކަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ދައުވަތު ދެއްވީ ގައުމަށް ކަމަށާއި, ވަކި މީހަކަށް ނޫންކަމަށެވެ.
އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ލަންކާގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ ޕީއެންސީގެ ފަރާތުން ވަރަށް ބޮޑަށް އެކަމަށް އެދި އާދޭސް ދަންނަވައިގެންނެވެ.
28 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނޮވެބަރަ މަހުގެ 17 ވަނަ ދުވަހު ޖުމްހުރީ މައިދާނުގައި މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރުވާ އިރު މިއީ ރާއްޖޭގެ ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި ގައުމުތަކުން އެންމެ ފިނި ތަރްހީބެއްދޭ ފަހަރެވެ. މި ރަސްމިއްޔާތުގައި 3000 މީހުންނަށް ދައުވަތު ދިނުމަށް ޕީއެންސީއިން ވަނީ ނިންމާފައެވެ.