
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެކަނިވެސް 28 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމައިފިއެވެ.
ހަރަދު ކުޑަކޮށް އިސްރާފު މަދު ކުރާނެކަމަށް ބުނެ އިންތިހާބުވި ޑރ. މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު މެނޭޖު ކުރުމަށް ހަމަޖައްސާފައިވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާއެވެ.
ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ބާއްވާ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ޖުމްހުރީ މައިދާނުގައެވެ. މި ރައްމިއްޔާތަށް 3500 މީހުންނަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށް އިންތިގާލީ އޮފީހުން ވަނީ ބުނެފައެވެ.
އިންތިގާލީ އޮފީހުން ބުނީ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހުރީ މައިދާނުގައި ބާއްވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެކަނި 28 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މިއީ ރައީސަކު ހުވާ ކުރުމުގެ ރަސްމިއްޔާތަކަށް ދައުލަތުން މިހާބޮޑު ހޭދައެއް ކުރާ ފަހަރެވެ.
ޑރ. މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު މަޖްލިސްގެ އިދާރާގައި ކުޑަ ހަރަދަކުން ބޭއްވެން އޮތް އިރު މިހާބޮޑު ހޭދައެއް މި ކަމަށް ކުރަނީ ރައީސް ޔާމީނަށް ވަރުގަދަ މެސެޖެއް ދިނުމަށްކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ވުމާއި އެކު ރައީސް ޔާމީނާއި ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.