މާލެ ޕާކިން ޒޯން ވަގު ހުސެއިން ވަހީދު މާލޭގެ މޭޔަރުކަމަށް ވާދަކުރަނީ

ވީ ކިހިނެއް.?

މާލެ ސިޓީ މޭޔަރ ކަމުގައި ހުންނަވައި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވާދަކުރަން ނިންމައި އެކަން އިއްލާންކޮށްފިއެވެ. މާލޭގެ މޭޔަރ ކަމަށް ހުސެއިން ވަހީދު ވާދަކުރާއިރު ހުސެއިން ވަހީދަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމުގައި ހުންނަވައި ޑރ. މުއިއްޒު މާލޭގެ މަގުމަތިން ވިއްކި ޕާކިން ޒޯންތަކުން ބޮޑު މަންފާއެއް ނަގަމުން އަންނަ ފަރާތެކެވެ.

މުއިއްޒުވަނީ މާލޭގެ މަގުތަކުން ހާހުން ޕާކިން ޒޯންތައް ވިއްކާފައެވެ. އަދި އޭގެ ތެރެއިން ބައެއް ސްލޮޓުތައް ހުސެއިން ވަހީދުއަށް ދިނުމުން ހުސެއިން ވަހީދު ދަނީ ބޮޑުއަގުގައި އެހެން މީހުންނަށް އެ ސްލޮޓްތައް ވިއްކަމުންނެވެ.

ޕޮލިސް ކަމިޝްނާ ކަމުގެ މަގާމުގައި ހުންނަވައި ރާއްޖޭގެ އެންމެ ނުރައްކާތެރި ގޭންގުތަކާއި ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގި ހުސެއިން ވަހީދުގެ ޕޮލިސް ކަމިޝްނާ ކަމުގެ ދައުރަކީ މާލޭގެ މަގުތަކުގައި އެންމެ ގިނަ މީހުން ކަތިލެވުނު ދުވަސްތަކެވެ. ނުރައްކާތެރި ކުށްވެރިން ފުލުހުންގެ ބަންދުން ދޫކޮށްލައި މުޅި މާލެތެރެ ނާމާން ބިރުވެރިކަމަށް ހަދާފައިވަނީ ހުސެއިން ވަހީދު ޕޮލިސް ކަމިޝްނާ ކަމުގައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ފާއިތުވި ދުވަސްތަކުގައި ހުސެއިން ވަހީދު އާއި ކުރީގެ ބައެއް ޕޮލިހުން މަސައްކަތްކޮށްފައިވަނީ ޑރ. މުއިއްޒު އާއި އެކު މާލެ ސިޓީ ކައުންސިލުގެ އެކިއެކި ކަންކަމުގައެވެ. މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލުން ތަފާތު ނަންނަމުގައި ވަޒީފާ އުފައްދައި މިފަދަ ފަރާތްތަކަށް ކައުންސިލްގެ ފައިސާއިން ބޮޑެތި އަދަދުން މުސާރަދީފައެވެ.

މާލޭގެ މަގުތަކުގެ ޕާކިން ޒޯނުތައް ބޮޑު އަގުގައި ވިއްކައި ނުހައްގުން އާމްދަނީ ހޯދަމުން އަންނަ ހުސެއިން ވަހީދު މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ހުސެއިން ވަހީދަކީ މިހާރު ޑރ. މުއިއްޒުގެ އެޖެންޓެކެވެ. އޭނާ އަކީ މުއިއްޒު ހިންގާފައިވާ ހުރިހާ ޖަރީމާތައް ކުރިއަށް ގެންދިއުމަށް ނިކުމެ ހުރި ކެންޑިޑޭޓެކެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ހުސެއިން ވަހީދުގެ ކަރަޕްޝަނާއި, ގޭންގުތަކާއި ގުޅިގެން ހިންގާފައިވާ ޖަރީމާތައް ކުރީގެ ފުލުހުންނާއި މިހާރުގެ ފުލުހުންގެ އެހީތެރިކަމާއި އެކު ގެނެސްދެމުން ގެންދާނެވާހަކަ ކިއުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.