
ހުޅުމާލެ ގާޒީ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑްކުރީ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ސްކޫލެއްގެ ޓީޗަރަކު އެކި ދުވަސް މަތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 14 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޓީޗަރަކީ ކުއްޖާއާ އާއިލީ ގުޅުމެއް ވެސް އޮންނަ މީހެކެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ގޭތެރޭގެ މާހައުލުގައި ކަން ވެސް އެނގިފައިވެ އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރުގެ ބަޔާން ނަގައި އޭނާގެ މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވާފައިވާ އިރު އޭނާގެ މައްސަލަ އޮއްބާލުމަށް ސަރުކާރުގެ ނުފޫޒު ގަދަ މަޖްލިސް މެމްބަރުންތަކަކާއި، މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުން ތަކެއް މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރުގެ މައްސަލަ ނުބަލައި ދިގު ދައްމަން މަސައްކަތް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިންތަކެއް ވަނީ ސްކޫލާއި މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައެވެ.