
މި ލޯނަކީ 2024 އޮކްޓޯބަރު މަހުގެ 6 އިން 10 ކަށް ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ސޮއިކުރި ވިޝަން ޑޮކިއުމެންޓްގެ ތެރެއިން ހަމަޖެހިފައިވާ ލޯނެކެވެ.
ވިޝަން ޑޮކިއުމެންޓްގައި ބުނާގޮތުން އުތުރުތިލަފަޅުގައި އިންޑިއާގެ ނޭވަލް ޑޮކްޔާޑެއް ގާއިމުކޮށް ދާއިމަށް ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި، ދެގައުމުގެ ގުޅުން ވަރުގަދަ ކުރާނަމަ ކުޑަ އިންޓްރެސްޓުގައި 2.75 ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް އިންޑިއާއިން އެއްބަސްވާ ކަމަށެވެ. މިއެއްބަސްވުމުގައި ބުނާގޮތުން އުތުރުތިލަފަޅުގައި ގާއިމުކުރަނީ މިހާރު އެމްއެންޑީއެފްއިން ތަރައްޤީކުރާ ކޯސްޓްގާޑްގެ ޑޮކްޔާޑް، ސިފަވަރުގެ އިތުރުން އިންޑިއާގެ ނޭވަލް ޑޮކްޔާޑަކާއި، އެމްއެންޑީއެފް އާއި އިންޑިއާގެ ނޭވީ އާއި ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެއް ކަމަށެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު 7 ނޮވެމްބަރު 2024 ގއި ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި "ވިސަން ޑޮކިއުމެންޓް" އަކަށް އެއްބަސްވެ ސޮއިކޮށްފައިވާ ކަމަށެވެ.
ޑޮކިއުމެންޓގއި އެއްބަސްވި ގޮށް 400 މިލިއަން ޑޮލަރުގެ، ސްވޮޕ ފެސިލޓީ އަކާއި 30 ބިލިއަން ރުޕީސްގެ ވޮޕް ފެސިލިޓީ ދިނުމަށް
އެއްބަސްވެ ކަރަންސީ ސްވޮޕް އެގްރިމަންޓެއްގައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ ރިޒާވް ބޭންކް އާއި ދެމެދު 7 އޮކްޓޯބަރު26 2024 ގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އާއި 30 މިލިއަން
ރުޕީސްގެ ވޮޕް ފެސިލިޓީ އާއި 750 މިލިއަން ޑޮލަރުގެ ކަރަން ސްވޮޕް ފެސިލިޓީއެއް ކަމަށް ކަނޑައަޅައި،12 ނޮވެމްބަރު ، 2024 ގައި އެކަމުގެ ރަސްމީ ލިޔުންތައް ވަނީ ބަދަލުކޮށްފަ އެވެ. އަދި މި ކަރަންސީ ސްވޮޕް ފެސިލިޓީ ދޫކޮށްފައިވަނީ 7 އޮކްޓޯބަރ 2026 ގައި އަނބުރާ ދައްކަންޖެހޭ ގޮތަށެވެ
މައުލޫމާތުދޭ ފަރާތްތަކުން ބުނާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 251 މާއްދާގެ (ނ) އަށް އިސްލާހު ގެނައުމުގެ ބިލު، އޭޖީ އޮފީހުން ތައްޔާރުކޮށް 4 ނޮވެމްބަރު 2024 ގައި ރައީސް އޮފީހަށް ފޮނުވުމުން، ރައީސް އޮފީހުން އިންޑިއާގެ ސަފީރާއި އެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ. މި ބައްދަލުވުމާ ހަމައަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އެއްވެސްކަމެއް އިންޑިއާއިން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމަށްފަހު ކަރަންސީ ސްވޮޕް ފެސިލިޓީގެ ކަންކަން ކުރިއަށް ގެންގޮސް 12 ނޮވެމްބަރު 2024 ގައި އެކަމުގެ ރަސްމީ ލިޔުންތައް ވަނީ ބަދަލުކޮށްފައި އެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ގެނައުމުގެ ބިލު، އޭޖީ އޮފީހުން ތައްޔާރު ކޮށް، ރައީސް އޮފީހަށް ފޮނުވި ބިލު، ރައީސް އޮފީހުން މަޖިލިސްއަށް ފޮނުވީ 11 ނޮވެމްބަރު 2024 ގައި އެވެ.
މަޖިލީހުން ފާސްކޮށްގެން ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުމުގެ ހުއްދަދިނުމަށް ގާނޫނު އަސާގެ 251 މާއްދާގެ (ނ) އިސްލާހުކުރުން:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫއަސާސީގެ 251 ވަނަ މާއްދާގެ (ނ) 20 ނޮވެމްބަރު 2024 ގައި އަންނަނިވިގޮ އިސްލާހު ކުރެވި އަދި 20 ނޮވެމްބަރު 2024 ވަނަ ދުވަހުގެރޭ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރެއްވުމުން މި ބިލް ޤާނޫނަކަށްވެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ވެއެވެ. މިއިސްލާހް ފާސްކޮށްފައިވަނީ ވަރަށް ހީލަތްތެރި ގޮތަކަށެވެ.
ގާނޫނު އަސާސީއަށް އިތުރުކުރި މި މާއްދާގައި ބުނާގޮތުން ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށް ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އައުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނު ތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ އެވެ.
ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ދިވެހި ރާއްޖޭގެ ޖުމްޙުރިއްޔާގެ ގާނޫއަސާސީގެ 251 މާއްދާގެ (ނ) އަށް 20 ނޮވެމްބަރު 2024 ގައި ގެނެވުނު އިސްލާހް، ރައީސުލް ޖުމުހޫރިއްޔާ
މުހައްމަދު މުއިއްޒު 20 ނޮވެމްބަރު 2024 ވަނަ ދުވަހުގެރޭ ތަސްދީޤު ކުރެއްވުމުން މި ބިލު ގާނޫނަކަށްވެ ދިވެހި ސަރުކާރުގެ ގެޒެޓްގައި
ޝާއިއު ކުރެވިފައިވާތީ، މި އިސްލާހްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފސްކޮށްގެން އުތުރުތިލަފަޅުގައި އިންޑިއާގެ ނޭވަލް ޑޮކްޔާޑެއް ނުވަތަ މިލިޓަރީ ބޭސްއެއް ގާއިމުކުރުމުގެ ހުއްދަ އިންޑިއާ އަށް ދިނުމަށް ދިވެހި ސަރުކާރަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް އިންޑިއާއަށް:
އިންޑިއާގެ މަޖިލިސް ރައީސް ޝީރީ އޯ ބާލާގެ ދައުވަތަކަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله 10 ފެބުރުއަރީ 2025، އިން 14 އަށް އެގައުމަށް ކުރައްވާ ދަތުރުފުޅުގއި އިންޑިއާގެ ނޭވަލް ޑޮކްޔާޑް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވަން ޖެހޭ ކަންކަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާނެކަމަށް މައުލޫމާތުދޭ ފަރާތުން ވަނީ ބުނެފައި އެވެ. އެ ފަރާތުން ބުނާގޮތުގައި އަބްދުالله ޝާހިދާއި މުސާ ޒަމީރު މެދުވެރިކޮށް މުއިއްޒު ޕްލޭންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އިންޑިއާއަށް ގެންގޮސް އެ އެއްބަސްވުމުގައި ސޮއިކުރުވުމަށް ކަމަށެވެ.