ރެޑްވޭވް ސަލީމުގެ ޖީބު ބޮޑުކުރަން ދިވެހީންގެ ބޭންކު ބީއެމްއެލް އިން ބޮޑު ޕްރޮމޯޝަނެއް

ބީއެމްއެލް އިން ރެޑްވޭވް ސަލީމަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް ބޭންކުން މަސައްކަތް ކުރޭ

ބީއެމްއެލް އިން ރެޑްވޭވް ސަލީމަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް، ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބައެއް ވިޔަފާރި ވެރިން ބުނި ގޮތުގައި މި ޕްރޮމޯޝަން ނިމޭއިރު ސަލީމަށް އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގައި މިފަދަ ވިޔަފާރި ކުރާ އެތައްބަޔަކު ތިއްބި އިރު، ރެޑްވޭވް ސަލީމާއި އެކު ހާއްސަ ޕުރޮމޯޝަނެއް ފެށުމުން ގިނަ ވިޔަފާރިވެރިން ތިބީ ހިންހަމަ ނުޖެހިފައިއެވެ،

"ރަން ފުރުސަތު" ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރި ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން އިއްޔެ ބުންޏެވެ.

އެ ޕްރޮމޯޝަނުގެ ދަށުން، މި މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް 5،000ރ. ގެ ގިފްޓް ވައުޗާއެއް ބެންކުގެ ހަރަދުގައި ލިބިދެވޭނެ އެވެ.

މީގެ އިތުރުން އަންނަ މަހުން ފެށިގެން އޭޕްރީލް 7 ވަނަ ދުވަހުގެ ނިޔަލަށް ރެޑްވޭވުން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.