
ރާއްޖެ އާއި އަވައްޓެރި އިންޑިއާ އާއި ދެމެދު ހަދާފައިވާ އެއްވެސް އެއްބަސްވުމެއް ހާމަ ނުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ބޭނުން ކުރަމުން އައި އަސްކަރީ ހެލިކެޕްޓަރާއި ޑޯނިއާ އިތުރަށް ބޭނުން ކުރުމަށް ނިންމައި އެކަމާއި ގުޅޭ އެއްބަސްވުންތައް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުންވެސް އުތުރު ތިލަފަޅުގައި ހަދާ ކޯސްޓްގާޑު ބަނދަރާއި ހައިޑްރޯ ގްރަޕީ އެއްބަސްވުންތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދިވެހިންނަށްވީ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި އިންޑިއާ އެއު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރުމެވެ. ނަމަވެސް މުއިއްޒު މިވަނީ މިވައުދުތައް އުނބައްޖައްސަވާފައެވެ.
5 ދުވަހުގެ ދަތުުރުފުޅެއްގައި މުއިއްޒު އިންޑިއާއަށް ވަޑައިގެން އުޅުއްވާއިރު ވެރިކަމަށް ވަޑައިގަތުމަށް އިންޑިއާ އާއި ގުޅުވައި ދެއްކެވި ވާހަކަ ތަކާއި, އިންޑިއާއައުޓު ޓީޝާޓުގައި ކުރެއްވި މަސައްކަތާއި ހުރެ އިންޑިއާ އަދި ޜާއްޖެއިން މުއިއްޒުއަށް އަންނަނީ ބޮޑު މުނާފިގެއްކަމަށް ބުނެ ފާޑު ކިޔަމުންނެވެ.