އިންޑިއާއަށް މުއިއްޒު ކުރި ފުރައްސާރައިގެ ހިތި ދިވެހިންނަށް, އިންޑިއާއިން ފިޔާ ރާއްޖެއަށް ނުވިއްކަން ނިންމައިފި

އަވަށްޓެރި އިންޑިއާއަށް ރައީސް މުއިއްޒު ކުރި ފުރައްސާރައިގެ ސަބަބުން އެގައުމުން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރި އިރު އަވައްޓެރި ދެން ހުރި ހުރިހާ ގައުމެއް އިންޑިއާ ސަރުކާރުގެ ހާއްސަ އުސޫލުގެ ތެރެއިން ހިމަނާފައިވެއެވެ.

ރައީސް މުއިއްޒު އަންނަނީ އެމަނިކުފާންގެ އިތުރުން ސަރުކާރުގެ ވެރިން ލައްވައި އިންޑިއާގެ ބޮޑުވަޒީރަށާއި, އެގައުމުގެ ރައްޔިތުންނަށް ފުރައްސާރަ ކުރަމުންނެވެ. އެގޮތުން މޯދީއަށް ހުތުރު ބަހުން މުހާތަބުކޮށް ސަރުކާރުގެ ނައިބް ވަޒީރުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަޑުޖައްސާލާފައި އޮންނަތާ 3 މަސްވަނީ ވެފައެވެ. ފާއިތުވި ދުވަސްތަކުގައި އިންޑިއާއިން ވަނީ ހާއްސަ ހުއްދައިގެ ދަށުން ރާއްޖެއަށް ފިޔާ ވިއްކާފައެވެ.

އިންޑިއާ އަކީ މިހާތަނަށް ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކާރިސާއެއްގައި ދިވެހިންނަށް އެހީތެރިންކަން ދިން ގައުމެކެވެ. އެގޮތުން 1988 ވަނަ އަހަރު ރާއްޖެއަށް ލަންކާގެ ކުލީ ސިފައިންގެ ބަޔަކު އެރި ހާދިސާގައިވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުންވެސް މާލެ ފެނަށް ޖެހުނު ކާރިސާގައިވެސް ދިވެހިންނަށް އެހީތެރިވީ އިންޑިއާއިންނެވެ. އަދި ކޮވިޑު 19ގެ އާލަމީ ވަބާގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެކްސިން ނުލިބިގެން އުޅުނު އިރު އިންޑިއާއިން ވަނީ ރާއްޖެއަށް ވެކްސިންދީ ދިވެހިން ކޮވިޑުން ސަލާމަތްވުމަށް އެހީތެރިވެދީފައެވެ.

އިންޑިއާއަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ގައުމެވެ. އެގޮތުން އެމްއެންޑީއެފްގެ ގިނަ ކޯސްޓުގާޑުތަކަކީ އިންޑިއާގެ އެހީތަކެވެ.

މުއިއްޒު ވެރިކަމަށްވަޑައިގެން އެންމެ ފުރަތަމަ ވެސް ޖައްސާލީ އިންޑިއާއާއިއެވެ. އިންޑިއާއިން ދިވެހިންނަށްދޭ ޓްރެއިނިން ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން މުއިއްޒު ވަނީ ވަޒީރުންނަށް އަންގާފައެވެ. އަދި ދިވެހިން އިންޑިއާއަށް ބޭސްފަރުވާ ކުރަން ދާތީ އެކަން ބަދަލުކޮށް ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ފަށަން މުއިއްޒު ވަނީ ނިންމާފައެވެ. މިއީ ހައްތަވާވެސް ހިތުން މުއިއްޒު އިންޑިއާ އަށް ދަތިކުރުމުގެ ގޮތުން ކުރާ ކަންކަމެވެ.

ނަމަވެސް މޮޔަ މުއިއްޒު ނިންމާ ނިންމުންގެ ހިތި ތަހައްމަލް ކުރަމުންދަނީ ނިކަމެތި ދިވެހި ރައްޔިތުންނެވެ.