މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން މަސް: ދަތުރުފަތުރާއި އެހެނިހެން ހަރަދަށް 500 މިލިއަން ރުފިޔާ ހަރަދު ކޮށްފި

ރައީސް މުހައްމަދު މުއިއްޒު (ވަށަފަރު ކައްޒާބު)ގެ ވެރިކަމުގެ ފުރަތަމަ 3 މަސް ހަމަވާ އިރު ދަތުރުފަތުރާއި މުނިފޫހިފިލުވުމަށް 450 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފިއެވެ.

މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ ލިޔެކިއުންތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދަތުރުފަތުރަށެވެ. އެގޮތުން ދަތުރުފަތުރަށް މި ތިން މަސް ދުވަހުގެ ތެރޭގައި 250 މިލިއަން ރުިޔާ ވަނީ ހަރަދުކޮށްފައެވެ.

މުއިއްޒު އާއި ނައިބް ރައީސް ވަނީ ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ކޮންމެ 25 ދުވަހަކުން ރާއްޖެއިން ބޭރަށް ދަތުރެއް އަޅާފައެވެ. އެގޮތުން ތުރުކީ, ޗައިނާ, ޔޫއޭއީ އަދި ޔުގެންޑާ އަާް ވަނީ ރަސްމީ ދަތުރުތަކެއް ކޮށްފައެވެ. ރައީސް މުއިއްޒު ވަނީ 80 އަށް ވުރެ ގިނަ މީހުންނާއި އެކު ޔޫއޭއީ އަދި ޗައިނާއަށް ދަތުރުކޮށްފައެވެ.

މީގެ އިތުރުންވެސް މުލިއާގެ މަރާމާތަށް 26 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ވަޒީރުންގެ ކާރު ގަތުމަށްވެސް ވަނީ 140 މިލިއަން ހަރަދުކޮށްފައެވެ. އަދި ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށާއި އެދުވަހުގެ ކެއުމަށްވެސްވަނީ 100 މިލިއަން ހަރަދުކޮށްފައެވެ.

ރައީސް މުއިއްޒުގެ ހަރަދުތައް އިންތިހާއަށް ބޮޑު އިރު ފާއިތުވި ތިން މަހު ވަޒީރުންނާއި ނައިބުންގެ ގޮތުގައި އައްޔަންކޮށްފައިވާ 300 އެއްހާ މީހުންނަށްވެސް ވަނީ 50 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ.

މީގެ އިތުރުންވެސް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮޮށްވެސް އެތައް ބޭކާރު ހަރަދެއް ދަނީ ކުރަމުންނެވެ. މި ހުރިހާ ހަރަދެއް ކުރާއިރު މަސްވެރިން ކިރުވި ފަހަށް ފައިސާ ނުދޭތާ 3 މަސް ވަނީ ވެފައެވެ. މަސްވެރިން އަންނަނީ ރައީސް މުއިއްޒުގެ ފަހަތުން ފައިސާ މުޒާހަރާ ކުރަމުންނެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތާރީހުގައި ވެރިއެއްގެ ފުރަތަމަ 100 ދުވަހު އެންމެ ބޮޑު ހަރަދެއް ކުރި ރައީސްގެ ރިކޯޑު ހޯދާފައެވެ.