މުއިއްޒު ދާ ކޮންމެ ތަނަކުން ބައްދަލު ކުރަނީ ހުސް ގޮޑި

ރައީސް ޔާމީންގެ ހުސް ގޮޑި ވިއްކައިގެން ވެެރިކަމަށް ވަޑައިގެންނެވި (މުއިއްޒު) ވަށަފަރު ކައްޒާބު ދާ ކޮންމެ ތަނަކުން އޭނާ އާއި ހުސް ގޮޑިތައް ބައްދަލު ކުރާ މައްސަލަ ބޮޑުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ބާއްވާ ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީން ޖަހާފައިވާ ހުސް ގޮޑިއެެއް ވަނީ ބަހައްޓާފައެެވެ. ނަމަވެސް ވެރިކަން ލިބުމުން ރައީސް ޔާމީން އެއްފަރާތްކޮށް މުއިއްޒުވަނީ ކިބުރުވެރިވެ ބޮޑާވެގެންފައެވެ.

އޭގެ ފަހުން މުއިއްޒު ދާ ކޮންމެ ތަނަކުން އޭނާ އާއި ބައްދަލު ކުރަނީ ހުސް ގޮޑިއެވެ. ރައީސް މުއިއްޒު އާއި އޭނާގެ ޓީމު ރާއްޖޭގެ ރަށަކަށް ވަޑައިގެންފިނަމަ ބަނދަރުމަތިން މަރުހަބާ ކިޔަނީ އެއްކަލަ ހުސް ގޮޑިއެވެ.

ރިޔާސީ ބަޔާން އިއްވަން މިމަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައިވެސް މުއިއްޒު އާއި މުހާތަބު ކުރީ ހުސް ގޮޑިއެވެ. ސަރުކާރުގެ ބޮޑު ވަފުދަކާއި އެކު އިހަށް ދުވަހު ޔޫއޭއީއަށް އިންވެސްޓަރުން ހޯދުމަށް ވަޑައިގަތުމުން އެގައުމުންވެސް ބައްދަލުވީ ހުސް ގޮޑިތަކެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާއި ބައްދަލުވުމެއް ބާއްވަން ނިންމުމުން އެތަނަށް ރައްޔިތަކު ނުދިޔައެވެ. އެތަނުންވެސް ފެނުނީ ހުސް ގޮޑިއެވެ. މަރަދޫ, މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައިވެސް މެޖޯރިޓީ އޮތީ ހުސް ގޮޑިއަށެވެ.

މުއިއްޒު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި އިރު އެރަށުންވެސް މުއިއްޒުއަށް މަރުހަބާ ކިޔާފައިވަނީ ޔާމީންގެ ހުސް ގޮޑިއެވެ.

ދޮގާއި މަކަރާއި, އޮޅުވާލުމުގެ ތެރެއިން ވެރިކަމަށް މުއިއްޒު ވަޑައިގެން ވެރިކަން ކުރައްވަން އުޅުއްވުމުން ހުސް ގޮޑި އާއި ހެދި މުއިއްޒު މިހާރު މޮޔަވެއްޖެއެވެ. 

މުއިއްޒު ރަނގަޅަށްވެސް "ހޮޅިވެއްޖެ"އެވެ. މިހާރު އަނެއްކާވެސް ރައްޔިތުންގެ ބޮލަށް ޗިޕު ޖެހުމަށް ރައީސް ޔާމީންގެ ނަން ބޭނުން ކުރަން ފަށައިފިއެވެ. އެކަމަކު މިހާރު ރައްޔިތުން ތިބީ އެ ފުރުސަތު މުއިއްޒުއަށް ދޭ ގޮތަކަށް ނޫނެވެ.