ވަށަފަރު ކައްޒާބު އާއި ދެކޮޅަށް ކޫއްޑޫގައި މުޒާހަރާ ކުރަނީ

މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާ ނުލިބުމުގެ ސަބަބުން ދެކުނުގެ މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މީހުން އަންނަނީ ވަށަފަރު ކައްޒާބު މުއިއްޒު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ވައުދުވެގެން ރައީސް ކަަމަށް މުއިއްޒު އިންތިހާބުވި ފަހުން މަސްވެރިން އަންނަނީ މަހަށް ފައިސާ ނުލިބިގެން މުޒާހަރާ ކުރަމުންނެވެ.

މުއިއްޒު ވަނީ މަސް ގަންނަ އަގު 25 އިން ރުފިޔާއިން 20 ރުފިޔާއަށް ކުޑަކޮށްފައެވެ. މަސްވެރިން އަންނަނީ އެމީހުން ބޭނި މަސް ރާއްޖެއިން ބޭރަށް ވިއްކުމަށްފަހު ލިބުނު ފައިސާ މުއިއްޒުގެ ސިޔާސީ ކަންކަމަށް ކާލި ކަމަށް ބުނެ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ކޫއްޑޫގައި މުޒާހަރާ ކުރާތީ މިހާރު އެރަށައް ފުލުހުން ވަނީ ގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން އަންނަނީ ކޮންމެ ދުވަހަކު މަހަށް ފައިސާ ނުލިބިގެން އިހްތިޖާޖު ކުރަމުންނެވެ.