މެޑިކަލް މާފިޔާގެ ކޮންޓްރޯލް އެމްއެފްޑީއޭއަށް: ދެން ޑޮކްޓަރުންނަށް ލިޔެ ދެވޭނީ ސާޖިދާ ބޭނުންވާ ބޭސް އެކަނި

އަސާސީ ބޭސް ލިސްޓު އަލުން އެކުލަވައިލި އިރު އެމްއެފްޑީއޭގެ ޑިރެކްޓަރ އަދި ފަސްޓު ލޭޑީ ސާޖިދާ ބޭނުންވާ ބޭސް އެކަނި ޑޮކްޓަރުންނަށް ލިޔެވޭ ގޮތަށް "ނޭޝަނަލް މެޑިސިން ޕޮލިސީ" އެކުލަވާލައި އާއްމުކޮށްފިއެވެ.

ސާޖިދާ އަދި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފުއަކީ ރާއްޖޭގެ މެޑިކަލް މާފިޔާ ކޮންޓްރޯލް ކުރާ އެންމެ ބާރުގަދަ ދެމީހުންނެވެ. ސާޖިދާ އަކީ އެމްއެފްޑީއޭގެ ވަޒީފާގައި ހުރެގެން ވަކި ވަކި ބޭސްތަކަށް ހުއްދަ ދޫކުރަމުން އައި ފަރާތެވެ. މިހާތަނަށް ރާއްޖެއަށް އެތެރެވެފައިވާ ފެންވަރު ދަށް ބޭސް އެތެރެވެފައިވަނީ ވެސް ސާޖިދާގެ އިހްމާލުންނެވެ. ނަމަވެސް އެކަންތައް ވަނީ ސިއްރު ކޮށްފައެވެ.

ސާޖިދާ އިސްވެ ހުރެ ހަދާފައިވާ ނެޝަނަލް މެޑިސިން ޕޮލިސީގެ ދަށުން އާސަންދަ ލިބޭ ބޭސް ސިޓީއެއް ނަމަ އެ ބޭސް ސިޓީގައި ހުންނަ ހުރިހާ ބޭހެއް ކަހަލަ ގޮތަކަށް ދައުލަތުގެ އިންޝުއަރެންސް ނިޒާމުގެ ދަށުން މިހާރު ވެސް 100 ޕަސެންޓް ކަވަރުކުރެ އެވެ. އެކަމަކު، އެމްއެފްޑީއޭ އިން މިދިޔަ އާދިއްތަ ދުވަހު އިފުތިތާހުކުރި "ނޭޝަނަލް މެޑިސިން ޕޮލިސީ"ގައިވާ ގޮތުން، އަސާސީ ބޭސް ލިސްޓުގައި ނުހިމެނޭ ބޭހެއް ބޭނުންވާ ނަމަ އެ ގަންނަން ވަކި ނިޒާމެއް ގާއިމްކުރާނެ އެވެ.

އެކަމާ ގުޅޭގޮތުން، އެމްއެފްޑީއޭގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނެނީ 400 ބޭސް ކަމަށެވެ. ނަމަވެސް، އެ ލިސްޓު އަލުން އެކުލަވައިލާއިރު ވަރަށް ގިނަ ބޭސްތައް ހިމެނޭނެ ކަމަށާއި އޭގައި ނުހިމެނެނޭނީ އޮފިޝަލް ވިދާޅުވި ގޮތުގައި، ވަރަށް މަދު ބޭހެކެވެ.

"އެ ލިސްޓުގައި ނުހިމެނޭ ބޭހަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭނީ. އެކަމަކު އެއީ ފުލްކޮށް ނޫން. އާސަންދަ އިން ކޮންމެ ވެސް ވަރަކަށް ކަވަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޕޮލިސީގެ ދަށުން ހަދަންޖެހޭ ގައިޑްލައިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ބޭސް ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހިމެނެ އެވެ.

އެއާ އެކު، ރާއްޖެ އަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯ އިން ވެސް ދެން ސަމާލުކަން ދޭނީ އެ ލިސްޓަށް ކަމަށް ޕޮލިސީގައި ފާހަގަކޮށްފައި ވެ އެވެ. އެކަމަކު، އޭގައި ނުހިމެނޭ ބޭސްތައް ރާއްޖެ ގެންނާނެ މެކޭނިޒަމާއި ރައްކާކުރާނެ އަދި ބަލި މީހުންނަށް ދިނުމަށް ވަކި މެކޭނިޒަމެއް ގާއިމްކުރާނެ ކަމަށް ވެސް ޕޮލިސީގައި ވެ އެވެ.

އެމްއެފްޑީއޭގެ އޮފިޝަލް ވިދާޅުވީ، އެ ބަދަލުތައް ގެނައުމުން ކޮންމެހެން ބޭނުން ނުވާ ބޭހަށް ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ.

"އެސެންޝަލް މެޑިސިން ލިސްޓުގައި މިހާރު 400 ބޭސް ހުއްޓަސް އެ ލިސްޓު ބޮޑުވެގެންދާނެ ކޮންމެ ބައްޔަކަށް ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހެދުނީމާ. މިހާރު ވާ ގޮތަކީ، ކޮންމެ ތަނަކަށް ދިޔަސް އެ ޑޮކްޓަރު ބޭނުން ބޭސްތަކެއް ލިޔެލަނީ،" އޮފިޝަލް ވިދާޅުވި އެވެ.

"ފުރަތަމަ ޓެސްޓެއް ނުހަދާ ވެސް ބޮޑެތި އެންޓިބަޔޮޓިކާ އެއްޗެހި މި ދެނީ. އެކަމަކު، ސްޓެންޑާޑް ޓްރީޓްމަންޓް ގައިޑްލައިން ހެދުނީމާ އޭގައި ހުންނާނެ ސްޓެޕް ބައި ސްޓެޕް، މީހަކު އެންމެ ފުރަތަމަ ބަލިވެގެން ދިޔައީމާ ދޭނީ މިވެނި ހާލަތެއްގައި މިވެނި ބޭސްތަކޭ. އެ އަށް ލުއިކަމެއް ނުލިބިއްޖެއްޔާ ދެން ދާންޖެހޭނީ މިވެނި ބޭސްތަކަކޭ. އެހެންވީމަ، ޑޮކްޓަރަކު ބޭނުންވާ ބޭސްތަކެއް ނޫން ލިޔާނީ. އެ ގޮތަށް ގައިޑްލައިންތަކުގައި ހިމެނޭ ބޭސްތައް ހުންނާނީ އެސެންޝަލް ލިސްޓުގައި ހިމެނިފައޭ."

ކުރިއަށް އޮތް ހަ އަހަރު ދުވަހަށް އެމްއެފްޑީއޭ އިން ހެދި ޕޮލިސީ މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އާއްމުންނަށް ބޭނުންވާ ބޭސް، ތަފާތުކުރުމެއް ނެތި އަދި އެކަށީގެންވާ ވަގުތުގައި ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ހެދުމަށެވެ.

މި ޕޮލިސީ އާއި ގުޅޭ ގޮތުން އާއްމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މި ޕޮލިސީ ކޮމެންޓު ކުރި މީހަކު ބުނީ މީގެ ފަހުން ޑޮކްޓަރުން ތިބުމުގެ ބޭނުމެއް ނެތް ކަމަށާއި ސާޖިދާ ބޭނުން ބޭހެއް ދިނީމަ ނިމުނީ ކަމަށެވެ.

" މީގަ އެބަބުނޭ ޑޮކްޓާރު ބޭނުންވާ ބޭސްތަކެއްނޫނޭ ދެން ލިޔާނީ. އެމްއެފްޑީއޭއިން ބުނާ ގައިޑްލާނާ އެއްގޮތަށޭ ބޭސްލިޔެދޭވޭނީ. އެހެންވީމާ ދެން ޑޮކްޓަރުން ތިބޭނެ ކަމެއްނެތް. އެމްއެފްޑީއޭއިން ބަލިމީހާބަލާ ބޭސްދިނީމާ ފުދޭނެ. މީދެން ފުކެއް ބޮޑުވަރު.

މީގެ އިތުރުން އެހެން މީހަކު ބުނީ އަދުގެ ރައީސަކީ ފޮނިބައިސާ ކަނޑާ މީހެއް ކަމަށާއި ވައުދެއް ވެއްޖިއްޔާ އެއާއި ހިލާފުވާ ކަމަށެވެ.

" އަދުގެ ރައީސް ފޮނިބައިސާ ކެނޑުން ނޫން ކަމެއްނުވޭ. ވައުދާ ހިލާފްވަނި އިންތިހާއަށް. މިހާރު އެނެއްކަންތަކާ ތި ޖެހުނީ ދެން ތި ލިސްޓަކުން އާސައިންދައިން ލިބޭ ބޭސް ނުލިބިގެން ރަށްއިތުން ތެޅެންޖެހޭނި..