އޭސީސީން ސާޖިދާ ބަހަން 2000 ފްލެޓު ލިބޭ ގޮތް ހަދައިދީފި

ފަސްޓު ލޭޑީ ސާޖިދާ ބޭނުންވާ ބަޔަކަށް ފްލެޓު ދެވޭ ގޮތަށް ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން 2000 ފްލެޓު ބާކީ ކުރެވޭ ގޮތް އޭސީސީއިން ހަދައިފިއެވެ.

އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ 60 ޕަސެންޓަކީ ޝަރުތު ފުރިހަމަނުވާ މީހުންނެވެ.

ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭރުގެ ހައުސިން މިނިސްޓްރީން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިނުމަށް ނިންމުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރުން ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަން ނުވަތަ ނޫން ކަން ބެލުމަށް ވަކި ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.

އަދި، ފޯމު ފުރިއިރު ދޮގު މައުލޫމާތު ފޯމުގައި ލިޔުނު މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުތަކުގެ މައްސަލައެއް ގޮތަށް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް މިގޮތަށް ވިދާޅުވި އިރު އޭސީސީގެ މެމްބަރުންނަށް ފްލެޓު ލިބޭނެ އިންތިޒާމު ފަސްޓު ލޭޑީ ސާޖިދާ ހަމަޖައްސަވާފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އެގޮތުން ސާޖިދާ އާއި ޝާމިލް ގުޅިގެން 2000 މީހުން ފްލެޓު ލިބުމުން ވަނީ މަހްރޫމުކޮށްފައެވެ. އަދި އެ ފްލެޓުތައް ބެހުމަށް ނިންމާފައިވަނީ ސާޖިދާދޭ ލިސްޓަކަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި ހިޔާ ފްލެޓު މުއިއްޒު އޭރު ބަހާފައިވަނީ ކުރީގެ ފަސްޓްލޭޑީ ފާޔިމަތު އިބްރާހިމްގެ ލިސްޓަކަށެވެ. ހިޔާ ފްލެޓުގެ 80 ޕަސެންޓު މީހުނަކީ ޝަރުތު ހަމަވާ ބައެއް ނޫނެނެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށްވީތީ އެމީހުންގެ އަތުން ރައީސް ސޯލިހު ފްލެޓު އަތުލާކަށް ބޭނުމެއް ނުވިއެވެ.