ރިޔާސީ ހޮޅި ބަޔާން: ފުށިދިއްގަރު ޓަނަލްގެ ވާހަކައެއް ނެތް, އެއީވެސް ސްކޭމެއް!

ދޮގާއި, މަކަރާއި އޮޅުވާލުމުން އިނގިރޭސިވިލާތުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާންވެސް ހޮޅިވެއްޖެއެވެ.

މިއަދުގެ ރިޔާސީ ބަޔާން އަޑުއަހަން ތިބި މީހުން ތިބީ މުއިއްޒުގެ "ރަސްމާލެ" ގުޅުވާލާ އަންޑާވޯޓަ ޓަނެލްގެ ވާހަކަ ރިޔާސީ ބަޔާނުން އިތުރަށް ސާފު ކުރުމަށެވެ. ނަމަވެސް އެ މެގަ ޕްރޮޖެކްޓުގެ ވާހަކަ ނެތެވެ.

މުއިއްޒުގެ މި ބަޔާނުގައި އެވާހަކަ ނުގެނައުމުން ރައްޔިތުން ވަނީ އެއީވެސް މުއިއްޒު ޢާއްމުކޮށް ރައްޔިތުން އޮޅުވާލުމަށް ދައްކާ ޒާތުގެ ދޮގެއް ކަމަށް ބަލައިގެންފައެވެ.

މުއިއްޒު އަންޑާރ ވޯޓާ ޓަނެލްގެ ވާހަކަ ދެއްކީ މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ރައްޔިތުން ކަނޑު ހުރަސްކޮށް ފުށިދިއްގަރަށް ދާން ބޭނުން ނުވާކަމަށް ބުނުމުން ފަހަތުން ވާހަކަ ދައްކަން އަރައެވެ.

މުއިއްޒުގެ ސަރުކާރުގެ އިސް ބޭފުޅަކު ބުނީ އެއީ އެވަގުތުން ވަގުތަށް މުއިއްޒު ދެއްކެވި މޮޅުވާހަކައެއް ކަމަށެވެ. އަދި އެވާހަކަ ފަހުން ނުދެއްކެވުމަށް ކެބިނެޓު ވަޒީރަކު މުއިއްޒުއަށް ދަންނަވާފައިވާ ކަމަށެވެ.

މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވީ މަޖްލިސްގެ ހުސް ގޮޑިތަކާއި މުހާތަބުކޮށެވެ. އެއީ އެމްޑީޕީ މެމްބަރުން މަޖްލިސްގެ ޖަލްސާ ބޮއި ކަޓް ކުރުމުންނެވެ.