ރޮޒެއިނާ އެމްޑީޕީ ޕްރައިމަރީން ފެއިލް ވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ އަޑުގަދަ މެމްބަރުގެ ގޮތުގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ޕްރައިމަރީއިން ފެއިލްވެ ޓިކެޓު ގެއްލިއްޖެއެވެ

ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި ޕްރައިމަރީ ކާމިޔާބުކުރައްވައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ އަޙްމަދު ޝަރީފެވެ. އޭނާއަށް ޕްރައިމަރީގައި ޖުމްލަ 257 ވޯޓު ލިބިވަޑައިގެންފައިވެއެވެ. 

ރޮޒައިނއަށް ލިބިވަޑައިގަތީ 221 ވޯޓެވެ. އޭނާގެ ފަހަތުން ވާދަކުރެއްވި އަޙްމަދު ހަމްޒާއަށް 221 ވޯޓު ލިބިވަޑައިގެންފައިވެއެވެ. 

ރޮޒައިނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ތާއީދާއެކު އެމަނިކުފާނުގެ ޑީއާރުޕީ ޓިކެޓުގައި 2009 ވަނަ އަހަރުއެވެ. 

ޑީއާރުޕީ ބައިބައިވުމާއެކު އެއިރު އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީނު އަލީއާއެކު ރޮޒައިނާ މަސައްކަތްކުރެއްވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ތަސްމީނާއެކު ރޮޒައިނާވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ. 

ޖެހިގެންއައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި އައްޑޫ މީދޫ ދައިރާއަށް ވާދަކުރައްވައި އެ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބުކުރެއްވިއެވެ. 

އެމްޑީޕީ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި އެޕާޓީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެންމެ ފާޅުކަންބޮޑުކޮށް ފާޑުވިދާޅުވެ، ރައީސް އިބްރާހީމުގެ ދިފާއުގައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ރޮޒައިނާއެވެ.