ދޯނިތައް މަސްވެރިކަން ކުރަން ތިބީ ރާއްޖޭގެ ސަރަހައްދުން ބޭރުގައި, ދޯންޏަށް ސިފައިން އެރީ ސެޓެލައިޓު ފޯނުތަކުގެ މައުލޫމާތު ހޯދަން

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް ބޭރުގެ ސިފައިން އަރަން ޖެހުނީ އެ ދޯނިތަކުގައި ބޭނުންކުރި ސެޓެލައިޓް ފޯނުގެ ސަބަބުން ކަމަށް، ދިވެހި ކޯސްޓުގާޑުން ބުނެފިއެވެ,

ދިވެހި ކޯސްޓުގާޑުން ބުނީ ބޭރުގެ ކޯސްޓުގާޑުން "އަސުރުމާ 3" ހިފެހެއްޓީ އެދޯނި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަން ތިބެފައި ކޯސްޓުގާޑު ފެނިގެން ދުއްވަން ފެށުމުން ފަހަތުން އައިސް މަޑު ކުރުވައިގެން ކަމަށެވެ. އަދި ދޯނި ހުއްޓުވީ އެ ދޯނީގައި ޗައިނާގައި އުފައްދާފައިވާ ސެޓެލައިޓް ފޯނެއް އެ ދޯނީގައި ބޭނުންކުރަމުންދާތީ ކަމަށެވެ.

ޗައިނީސް ބްރޭންޑްތަކުގެ ސެޓެލައިޓް ފޯނު އިންޑިއާގެ ސަރަހައްދު ތެރެއަށް ވެއްދުމަކީ މަނާ ކަމަކަށް ވާތީ، ކަނޑު އުޅަނދުފަހަރުން ސެޓެލައިޓް ފޯންގެ ސިގްނަލް ލިބޭ ނަމަ އިންޑިއާ ސިފައިން އެކަން ބެލުމަކީ ކުރާ ކަމެއް ކަމަށެވެ.

އަސުރުމާ ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ރާއްޖޭގެ ކޯސްޓްގާޑުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ރާއްޖޭގެ ދޯނިތައް، އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ލައިންގެ ތެރޭގައި މަސްވެރިންކަން ކުރަން އޮއްވައި އިންޑިއާގެ ކޯސްޓްގާޑް އެސަރަހައްދަށް އަންނަތަން ފެނިގެން އެ ދޯނިތައް ބާރަށް ދުއްވާފަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލައިންގެ ތެރެއަށް ވަނީކަމަށެވެ.

ނަމަވެސް އިންޑިއާގެ ކޯސްޓްގާޑަށް ދޯނިތަކާއި ކައިރި ކުރެވުނީ ދެ ގައުމުގެ ކަންޑުގެ ސަރަހައްދު ގުޅޭ ލައިގެ މަތިންކަމަށެވެ.

އަސުރުމާ ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ރާއްޖޭގެ ކޯސްޓްގާޑުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ދޯނި ކައިރިއަށް ޑްރޯންއެއް ފޮނުވިކަމަށެވެ. އެއީ އެ ދޯނީގައި ޗައިނާގެ ބަޔަކު އުޅޭތޯ ބެލުމަށް ކަމަށް ބެލެވޭކަމަށެވެ.

އެއަށް ފަހު އިންޑިއާގެ ކޯސްޓްގާޑުގެ ބޯޓާއި ކާރިކޮށްފަ އެދުނީ އެ ދޯނީގައި ބޭނުންކުރި ސެޓްލައިޓް ފޯނުގެ ނަންބަރު ދިނުމަށެވެ. ނަމަވެސް އަސުރުމާ ދޯނީގެ ކެޔޮޅު ސެޓްލައިޓް ފޯނު ނިއްވާލުމަށްފަހު އެންގީ އެ ދޯނީގައި ސެޓްލައިޓް ފޯނެއް ނެތްކަމަށެވެ.

އަސްލު އިންޑިއާގެ ސިފައިން އެދޯނި ހިފެހެއްޓީ އެ ދޯނީގައި ބޭނުންކުރާ ސެޓްލައިޓް ފޯނުގެ ނަންބަރު ނުދިނުމުން ކަމަށް ފަޅުވެރިންނާއި ހަވާލާދީ ރާއްޖޭގެ ކޯސްޓްގާޑުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.

އިންޑިއާގެ ކޯސްޓްގާޑުން އެ ދޯނީގައި ބޭނުންކުރި ސެޓްލައިޓް ފޯނުގެ ނަންބަރު ހޯދުމުގެ ބޭނުމަކަށް ވާނީ އެ ސެޓްލައިޓް ފޯނުން ރާއްޖޭގެ ކަންޑުގެ ސަރަހައްދުގައި ރިސާޗް ކުރަން އުޅޭ ޗައިނާގެ އުޅަނދުތަކަށް އެ ސެޓްލައިތް ފޯނުން ގުޅައި އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ މައުލޫމާތު ހިއްސާ ކުރަން ޗައިނީސް ޝިޕްތަކާއި ކޮންޓެކްޓް ކޮށްފައި ވޭތޯ ބެލުމަށް ކަމަށް ބެލެވޭކަމަށެވެ.

މިކަން މިހެންދިމާވި ސަބަބަކީ، މިދުވަސް ކޮޅު ދިވެހި ސަރުކާރުން ހުއްދަދީގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ދިރާސާކުރާ އުޅަނދުތައް އުޅޭތީކަމަށް ބެލެވޭކަމަށެވެ.

ދިވެހި މަސްވެރިންނަށް، މި ނޫނަސް އިންޑިއާގެ ސަރަހައްދުގެ ތެރެއަށް މަސްވެރިކަން ކުރަން ވަދެވިފައިވާކަމަށާއި އެއިން ކޮންމެ ފަހަރަކު އިންޑިއާގެ ކޯސްޓްގާޑުން ރާއްޖޭގެ ކޯސްޓްގާޑަށް އެކަން އެންގުމުން ރާއްޖޭގެ ކޯސްޓްގާޑުން މަސްވެރިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް އަންގަނީ ކަމަށެވެ.

މަލިކު މަސްވެރިން ރިޕޯޓްކޮށްގެން 5 އޮކްޓޯބަރު 2019 ގައި ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.

ށ. ކޮމަންޑޫ "އަންބަރީ" ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ.

މަލިކު ކައިރިން އިންޑިއާ ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި ދޫކޮށްލީ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.