ދޭން ބުނި ފައިސާ ނުލިބުމުމން ބައެއް މަޖްލިސް މެމްބަރުން ޕީއެންސީއިން ވަކިވަނީ

އެމްޑީޕީން ވަކިވެ ޕީއެންސީއަށް ދިޔަ މެމްބަރުންނަށް ޑރ. މުއިއްޒު ދޭން ވައުދުވި ފައިސާ ނުލިބުމުން ބައެއް މެމްބަރުން ޕީއެންސީއިން ވަކިވާން ނިންމައިފިއެވެ.

އެމްޑީޕީން ވަކިވެ ޕީއެންސީއަށް ދިޔަ މެމްބަރަކު ކުރުސީއަށް މައުލޫމާތު ދެމުން ބުނީ އިއްޔެ މަޖްލިސްގެ ރައީސަށް ހުރަސްއަޅައި ޖަލްސާ ބޭއްވިޔަ ނުދީ ހިފެހެއްޓީވެސް ސަރުކާރަށް ލޯޔަލް ކަން ދެއްކުމަށް ކަމަށެވެ. އަދި އެ ޖަރީމާ ހިންގުމަށްފަހު މެމްބަރުން ރައިސް އޮފީހަށް ދިއުމުން މުއިއްޒު އަޅާ ނުލެއްވި ކަމަށެވެ.

މެމްބަރުން ގަތުމުގެ އިސްކޮށް އުޅުއްވީ ނައިބް ރައީސް ސެމްބެ އާއިި އަދުރޭއެެވެ. އެއީ ސީދާ މުއިއްޒުގެ އެންގުމަށް ކުރި ކަމެކެވެ. ނަމަވެސް އެ މެމްބަރުންނަށް ދޭން ބުނި އަދަދަށް ފައިސާ ނުލިބޭތީ ގިނަ މެމްބަރުން މިހާރު ބޭނުންވަނީ ޕާޓީން ވަކިވާށެވެ.

މުއިއްޒު އެމްޑީޕީގެ 14 މެމްބަރުން ގަނެފައިވަނީ އެމަނިކުފާން މަޖްލިސް ތެރެއިން އަޒަލުކޮށްފާނެކަމުގެ ބިރާއި ހެދިއެވެ. އަދި މެމްބަރުން ގަނެ އެކަން މުއިއްޒު ހުއްޓުވި ނަމަވެސް ދަޑިމޮކޮރޮޓްސް އާއި އެމްޑީޕީ ގުޅުމުން އަނެއްކާވެސް މަޖްލިސް ތެރެއިން މުއިއްޒު އަޒަލު ކުރެވޭ އަދަދަށް މެމްބަރުން ވަނީ ހަމަވެފައެވެ. އެކަމާއި ގުޅިގެން މުއިއްޒު މިހާރު ގެންދަވަނީ ތިބި މެމްބަރުން ކޮޅަށް ފައިސާ ހަމަޖައްސަން ކުރެވެން އޮތް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ފައިސާ ހޯދުމަށް ފުށިދިއްގަރު ހިއްކާ ކުންފުންޏަށް އިތުރު ބިމެއް ދިނުމަށްވެސް މުއިއްޒު އެބަ ވިސްނަވައެވެ.

ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ގަތުމަށް 52 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ބަހާފައިވާ ކަމަށެވެ.

ރިޝްވަތު ނަގައިގެން ޕީއެންސީއަށް ސޮއި ކުރެއްވި މެމްބަރުން: 

މަރަދޫ އިބްރާހިމް ޝަރީފް

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް

އިސްދޫ ދާއިރާގެ އަލީ ހަމީދު

ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް

ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް

މަތިވެރި ހަސަން ޒަރީރު

މުލަކު ދާއިރާގެ އިބްރާހިމް ނަސީރު

ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު

މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ

ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު

ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން

ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު