އިންޑިޔާ ސިފައިންގެ ޔުނިފޯމްގައި ތިއްބާ ހަނިމާދޫއިން ފެނުނީ ދިޔަރެސްގެ ނޫސްވެރިން

ހަނިމާދޫން އިންޑިއާ ސިފައިންގެ ޔުނިފޯމާއި މިލިޓަރީ ހަތިޔާރާއި އެކު ދިޔަރެސް ނޫހުގެ ނޫސްވެރިންތަކެއް ފެނިއްޖެއެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ ހަގީގަތް ހޯދުމަށް ދިޔަރެސް ނޫހުގެ ފަރާތުން ހަނިމާދޫއަށް ދިޔުމުން އެނޫސްވެރިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އެއީ އެނޫހުގައި މަސައްކަތް ކުރާ އަޒާން އަދި ޕޮކަންޑިގެ އިތުރުން ނޫހަށް އެހީތެރިވާ މިދުއަމް ވައްތަރު ޖަހާ އިންޑިއާގެ ސިފައިންގެ ބަޔަކު ހަތިޔާރާއި އެކު ހަނިމާދޫއިން ފެނުމުންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ހަނިމާދޫއަށް ޖެއްސުމާއި އެކު އެބޯޓުން ފޭބި ސިފައިން ފުރަތަމަ ގޮސް އެރީ އެތަނުގައި އޮތް ބޮޑު ޓޭންކަރަކަށެވެ. އަދި 100 އަށް ވުރެ ގިނަ ސިފައިން އެ ޑޯނިޔާ ފްލައިޓުން ފޭބިތަން ފެނުނެވެ. އެމީހުން ގެނައި ސާމާން ކްލިއާ ކުރުމެއްނެތި ހިފައިގެން ގޮސް އެރީ ރަންވޭ މަތީގައި އޮތް ކާރަކަށެވެ. ގާގްގަޑަކަށް 159 ސިފައިން އެކާރަށް އެރި މަންޒަރު ދިޔަރެސްގެ ނޫސްވެރިންނަށް ފެނުނެވެ.

ދެން ފެނުނީ އަޒާން ވައްތަރު ޖަހާ ފަގުޑި އަޅައިގެން ހުރި އިންޑިއާ މީހަކު ފައިބައިގެން އައިސް ދިޔަރެސްގެ ނޫސްވެރިންނަށް ހުރަސްއެޅިތަނެވެ. އެއީ ރޯހިތު ކިޔާ މީހެއްކަން ފަހުން އެނގުނެވެ.