
ޕީޕީއެމް ޕީއެންސީއިން ވިލުފުށީދާއިރާ ޕްރައިމަރީއަށް ވާދަކުރާ ހަސަން ރަޝީދު ( އަދުރޭ ކެންޑިޑޭޓް) އަށް އެދާއިރާގެ ތާއީދު ނެތުމުން، އަބްދުރަހީމް އަދި ހަސަންރަޝީދު ބާރާއި ނުފޫޒް ބޭނުންކޮށް އެ ޕްރައިމަރީގައި ދެން ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑަންސީ ބާތިލްކުރަން ފަށާފިއެވެ. އެގޮތުން އެދާއިރާ ވާދަކުރައްވާ ހޫދު ސާޖިދުގެ ކެންޑިޑަންސީ މިހާރު ވަނީ ސަބަބެއް އަންގާނުމެލާ ބާތިލްކޮއްފައެވެ.
ހޫދު ސާޖިދުއަކީ ރައްޔިތުންގެ ރުހުން ލިބިފައިވާ ކެނޑިޑޭޓެކެވެ. ނަމަވެސް، ވިލުފުށީ އެއާޕޯޓު ކަންތަކުގައި ސަރުކާރަށް ފާޑުވިދާޅުވުމުން ބުލެކްލިސްޓު ކުރީކަމަަށް ބެލެވެއެވެ. އަދުރޭ ބޭނުންވާނީ އެޅިހާ ބަތަކަށް ރިހަ ހެޔޮވަރު ކެނޑިޑޭޓުންނެވެ.
ހޫދުގެ އިތުރުންވެސް ވިލުފުށީ ދާއިރާގެ އިތުރު ކެންޑިޑޭޓުންގެ ކެންޑިޑަންސީ ބާތިލް ކުރާނެ ކަމަށް ވާހަކަތައް ދަނީ ފަތުއަޑުކިޔާ ފެތުރެމުންނެވެ. އަދި ހޫދު އަދި އަހުމަދު ނާފިއު، ގެންގޮސް ގޮނޑިއަަށް ވާދަނުކޮށް ނަންނެގުމަށް މުއިއްޒު އެދުންކަމަށް މައުލޫމާތު ލިބެއެވެ. ބަދަލުގައި ރަނގަޅު ވަޒީފާއަކާއި ލޯނެއް ދޭނެވާހަކަ ބުނިކަމަށްވެސް މައުލޫމާތު ލިބެއެވެ. ކަން މިހެން ހުރިނަމަވެސް ރައްޔިތުންގެ ވިސްނުމެއް، އަދި ޕާޓީ އާންމު މެމްބަރުންގެ ވިސްނުން ބަދަލު ކުރުމަކީ ފަސޭހަ ކަމެއްނޫނެވެ. ވިލުފުށިން ބުނަމުންދަނީ ވޯޓެއް ލާފިނަމަ ހަސަން ރަޝީދު ބޮޑު ލަދަކުން ލަދުގަންނަވާނެކަމަށެވެ.