
ގިނަ އަދަދަކަށް މާމުއި ފައިބާތީ ސަން ޝިޔާމް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުއަށް ތާއިދު ކުރަން ނިންމައިފިއެވެ.
ސަން ޝިޔާމުގެ އެމްޑީއޭއިން ރޭ ޑރ. މުއިއްޒުއަށް ތާއިދު ކުރަން ނިންމީ ފާއިތުވި 15 ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އެކަށީގެންވާ މިންވަރަށް މާމުއި ފެލެން ނެތިގެންކަމަށް ރޭ އެޕާޓީގެ ގައުމީ މަޖްލިސްއިން ވަނީ ނިންމާފައެވެ.
ޝިޔާމް ވިދާޅުވީ އެމްޑީއޭއިން ރައީސް ސޯލިހުއަށް ތާއިދު ކުރީ އެމަނިކުފާންގެ ހަށިގަނޑުން ފެލާލީމާ މާމުއި ވެއްޓޭތީ ކަމަށާއި, ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމަނިކުފާނަށް ލިބުނު ވޯޓު ދަށްވުމުން މިހާރު މާމުއި ނާންނަ ކަމަށެވެ. އަދި މިހާރު ހުރިހާ މާމުއި ކުޅަނދުރުތައް ގޮސް ތިބީ މުއިއްޒު ގާތުގައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނާއި އެމްޑީއޭ ދެން ތާއިދު ކުރާނީ ޑރ. މުއިއްޒުއަށް ކަމަށެވެ.