
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑު ކުރިކަމަށް ބުނެ ސަރުކާރުން ހެދީ ދޮގުކަން ހާމަވެެއްޖެއެވެ.
ޝިއުނާ, މަލްޝާ އަދި މަހުޒޫމް ސަސްޕެންޑު ކުރިކަން ސަރުކާރުން ރަސްމީކޮށް ހާމަނުކުރެއެވެ. ނަމަވެސް އެތިން މީހުން ސަސްޕެންޑު ކުރިކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގެ ޓޫރިޒަމް ބޮއިކޯޓް ކުރުމަށް ގޮވާލަން ފެށުމުން މި ތިން މީހުން ސަސްޕެންޑު ކުރިކަމަށް ސަރުކާރުން ހާމަކުރީ އެކަން މައިތިރި ކުރުމަށެވެ.
ހޯމް މިނިސްޓްރީގެ ޑެެޕިއުޓީ މިނިސްޓަރ ހަސަން ޒިހާން ބުނީ މަލްޝާ, ޝިއުނާ އަދި މަހްޒޫމް ސަސްޕެންޑު ކުރި ވާހަކައަކީ ފޭކު ހަބަރެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުން އަންނަނީ މި ތިން މީހުން ސަސްޕެންޑު ކުރުމުގެ ބަދަލުގައި މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު 35000 ރުފިޔާގެ މުސާރައެއް ނަގައި ގައުމަށް މިވަރުގެ ބޮޑު ގެއްލުމެއް ދިން ބަޔަކު ސަރުކާރުގައި ބައިތިއްބުމާއި އާއްމުން ދެކޮޅު ހެދި ނަމަވެސް ރައީސް މުއިއްޒު އެމީހުން މަގާމުން ވަކި ނުކުރާނެކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް މުއިއްޒުގެ މައުލޫމާތު އެނގޭ މީހަކު ބުނީ މަލްޝާ އާއި ޝިއުނާ އަކީ މުއިއްޒު ބްލެކްމެއިލް ކުރެވޭ ވަރުގެ ސިއްރު ތިބި ބައެއް ކަމަށެވެ. އެވާހަކަ ގަބޫލް ކުރެވެނީ ސަރުކާރުން މި މައްސަލަ މިހާ ލުއިކޮށް ނެގުމުންނެވެ. ސަރުކާރަށް ކަމެއްވެގެން އުޅޭ ހެން ހީވެސް ނުވެއެވެ.