
އަވަށްޓެރި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް މުއިއްޒުގެ އަރިސް މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފު ކުރި ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ގުޅިގެން އެ ދެމީހުން ސަސްޕެންޑު ކުރީ މަސްރަހު ފިނި ކުރުމަށް ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މުއިއްޒު އާއި އެކު މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރެއްވި މުއިއްޒުގެ އަރިސް ބޭފުޅަކު މިރޭ "ކުރުސީ"އަށް މައުލޫމާތު ދެމުން ބުނީ ޝިއުނާ އަދި މަލްޝާ އަކީ މުއިއްޒުއަށް ދޫކޮށްލެވޭ ވަރަށް ވުރެ އަރިސް އަދި ސިއްރު ދެ ބޭފުޅުންކަމަށެވެ.
މާލޭގެ މޭޔަރު ކަމުގައި މުއިއްޒު ހުންނެވި އިރު މަލްޝާ އަދި ޝިއުނާ އަކީ މުއިއްޒު އާއި ވަރަށް ގާތުގައި މަސައްކަތް ކުރި ބައެއް ތުހުމަތުތަކެއްވެސް ކުރެވުނު ދެ މީހުންނެވެ. އޮފިޝަލް ޝިއުނާ އަދި މަލްޝާ އަކީ މުއިއްޒު ބްލެކްމެއިލް ކުރެވިދާނެ ވަރުގެ ސިއްރު ތިބި ދެމީހުންނެވެ.
"މަލްޝާ އަދި ޝިއުނާ, ނަންނަ ސަސްޕެންޑު ކުރީ މިވަގުތަށް މަސްރަހު ފިނިކުރަން, މުއިއްޒު އެދެބޭފުޅުން ދޫނުކުރައްވާނެ, އެއީ މުއިއްޒުއަށް ކުރެވޭނެކަމެއް ނޫން, އެއަށްވުރެ ސިއްރު ގުޅުމެއް އެމީހުންނާއި މުއިއްޒު އާއި އޮންނަނީ, މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންނަށް އެނގޭނެ އެކަން"
ޝިއުނާ އަދި މަލްޝާ ވަޒީފާއިން ވަކިކުރުމަށް އާއްމު ރައްޔިތުން ގޮވަމުން ދިޔަ އިރުވެސް ސަރުކާރުން މާބޮޑު އިޖާބައެއް ނުދެއެވެ. ފޮރިން މިނިސްޓްރީއިންވެސް ނެރުނީ އާދައިގެ ރިޕޯޓެކެވެ. ދެން އިވުނީ ޝިއުނާ އަދި މަލްޝާ ސަސްޕެންޑު ކުރިކަމަށެވެ. ނަމަވެސް އެއީ ނަމަކަށް ކުރިކަމެއް ކަމަށް ރައީސް އޮފީހުގެ އޮފިޝަލް ވަނީ ބުނެފައެވެ.