
ހަތަރު މިލިއަން ރުފިޔާ އާއި އާއިލީ ބައެއް މީހުންނަށް ވަޒީފާދޭ ގޮތަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއިކޮށްފިއެވެ.
ހަސަންޓޭގެ އެކުވެރިޔަކު ބުނީ އޭނާ ޕީއެންސީ އާއި ގުޅުނީ ފައިސާއަށް ކަމަށެވެ. އެގޮތުން އެމްޑީޕީ އާއި އެކު މިވީ މުއްދަތުގައި މަޖްލިސް ތެރެއިން މާބޮޑު ފައިދާއެއް ނުލިބި ހުސްއަތާ ދާން ހަސަންޓޭ ބޭނުން ނުވީ ކަމަށެވެ.
"އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތީމަ މާބޮޑު މާލީ ފައިދާއެއް ގިނަ މެމްބަރުންނަށް ނުލިބޭ, އެހެންވެ ހަސަންޓޭވެސް ބޭނުންވަނީ ދެން ނުހޮވޭނެތީ ފައިސާ ކޮޅެއް, އެކަން އެކުރީ" ހަސަންޓޭގެ އެކުވެރިޔާ ކިޔައިދިނެވެ.
ހަސަންޓޭ ޕީއެންސީއަށް ސޮއި ކުރުމުން އެމްޑީޕީން ވަކިވެ ޕީއެންސީ އާއި ގުޅުނު މެމްބަރުންގެ އަދަދު 14އަށް އެރިއެވެ. އަދި އެމްޑީޕީގެ ސުޕަމެޖޯރިޓީ މިހާރުވަނީ މަޖްލިސްއިން ގެއްްލިފައެވެ.
މުއިއްޒު ވިދާޅުވީ އޭނާ އިންޕީޗު ކުރަން އެމްޑީޕީއިން ހުށަހެޅިއަސް އެކަން ކާމިޔާބު ނުވާނެކަމަށެވެ.