
ރާއްޖެއަށް އަންނަން ބުކިންގ ހަދާފައިވާ އިންޑިޔާ ޓުއަރިސްޓުންތައް ބުކިންގ ކެންސަލް ކުރަން ފަށައިފި ކަމަށް އިންޑިޔާގެ ބައެއް ޓްރެވެލް އެޖެންސީތަކުން މައުލޫމާތު ދީފިއެވެ. އަދި މި ނޫހުގެ ފަރާތުން މިކަން ޔަގީން ކުރުމަށް ބައެއް ރިސޯޓުތަކުން އެކި ފަރާތްތައް މެދުވެރިކޮށް ހޯދި މައުލޫމާތު ތަކުން، އިންޑިޔާ ރައްޔިތުން ރާއްޖެއަށް އައުމަށް ހަދާފައިވާ ބުކިންގ ތައް ދަނީ ކެންސަލް ކުރަމުންނެވެ. ބުކިންގ ކެންސަލް ކުރަމުންދާ މައްސަލާގައި އިންޑަސްޓްރީގެ އެތައް ބަޔަކު ތިބީ މުއިއްޒާއި މެދު ހިތްހަމަ ނުޖެހިފައެވެ.
ރާއްޖެއައުމަށް ބުކިންގ ހެދުމަށް ތައްޔާރު ވަމުންދާ ބައެއް އިންޑިޔާގެ ފަތުރުވެރިން ދަނީ އެމީހުންގެ ވިސްނުން ބަދަލު ކޮށްފި ކަމުގެ މައުލޫމާތު ސޯޝަލް މީޑިޔާގައި ލިޔަމުންނެވެ. އެއްވެސް ސަބަބެއް ނެތި އިންޑިޔާއާއި ދެކޮޅަށް މުއިއްޒު ހިންގާ ނަފްރަތުގެ ކެމްޕެއިން ހައްދުފަހަނައަޅައި ދިޔުމުން ގިނަ އަދަދެއްގެ ބައެއް ރާއްޖެ ނުދާނެ ކަމަށް ވަނީ ނިންމާފައެވެ.
މިކަން ދިމާވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓްވީޓާގައި ޕޯސްޓް ކުރި ވީޑިޔޯއަކާއި ގުޅިގެން، ރައީސް މުއިއްޒުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުން، ޒިންމާދާރު މަގާމެއްގައި ހުރެގެ، ޑިޕްލޮމެޓިކް ގުޅުން ގާއުމު ކޮށްފައިވާ ޤައުމެއްގެ ވެރިއަކާއި މެދު މުހާތަބު ކުރަން ނުވާ ވަރުގެ ދަށުދަރަޖައިގެ ބަސްބަހުން، އިންޑިޔާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް އެއްޗެހި ކިޔައި، މުހާތަބު ކުރުމާއި ގުޅިގެން، އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުއިއްޒުގެ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.
މިގޮތުން އިންޑިޔާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް އެއްޗެހި ކިޔާފައިވަނީ، އެއްވެސް ސަބަބެއް ނެތި އިންޑިޔާ އާއި މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިޔާގައި މީގެ ކުރިންވެސް ހަރަކާތްތެރިވެފައިވާ މުއިއްޒުގެ އަރިސް ފަރާތްތަކެވެ.
ވެރިކަމަށް އައުމަށް ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ހިންގީ ވަރަށް ޒިންމާދާރުކަން ކުޑަ ކޮށެވެ.
އިންޑިޔާ ސިފައިން ރާއްޖެ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި އާއި، ޔާމީނުގެ ވެރިކަމުގައެވެ. އިންޑިޔާގެ ހެލިކޮޕްޓަރަކާއި، މަތިންދާބޯޓެއް ޔާމީނުގެ ވެރިކަމުގައި ގެނެސް، އެކަމަށް ބޭނުންވާ މީހުން ގެންނަން ނިންމީ މުއިއްޒު އިން ކެބިނެޓުން ފާސްކޮށްގެންނެވެ. އެއިރު އިންޑިޔާ ކިތަންމެހާވެސް، ރަނގަޅެވެ. އިންޑިޔާ ގޯސްވީ، ވެރިކަން ބޭނުންވެގެން ދައްކާނެ އިތުރު ބަހަނާއެއް ނެތިގެން ރައްޔިތުންނަށް ޤައުމުގެ މިނިވަންކަން ނެތްކަމަށް ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައުމަށް ބޭނުންވި ހިސާބުންނެވެ. ރާއްޖޭގައި އޮތް އިންޑިޔާގެ 2 ހެލިކޮޕްޓަރާއި، 1 ޑޯނިޔާ އާއި އެ ދުއްވާ މީހުން ރާއްޖެ ގެނައީ އިންޑިޔާ ބޭނުން ވެގެން ނޫނެވެ. ރާއްޖެއިން ކިޔައިގެން އާދޭސް ކޮށްގެންނެވެ.
ތިރީގައި މިވަނީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރ، ސްޓޭޓް މިނިސްޓަރ ފެންވަރުގެ ބޭފުޅުން ކޮށްފައިވާ ބައެއް ޓްވީޓް ތަކެވެ. މީގެ ތެރެއިން ބައެއް ޓްވީޓްތައް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.