
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ފާހަގަކުރެވެނީ ވަރަށް ބޮޑު އަގުގައި ކުރެހުންތައް ކުރައްސަވައި އެ ދައްކަން ބޮޑެތި ރަސްމިއްޔާތު ބާއްވާ ބޭފުޅެއް ގޮތުގައެވެ. އަދި އެފަދަ އަގު ބޮޑެތި ކުރެހުންތައް ކުރެހުމުގެ ކުރިން އެކަމުގެ ޕްލޭނެއް ވެސް އަދި އެކަމަކީ ފީސިބަލް ކަމެއްތޯ ވެސް ބަލާފައިނެތްކަން ފާހަގަކުރެވެއެވެ.
މިގޮތުން ސައީދުގެ ގެ މިނިސްޓަރ ކަމުގައި ކުރަހާފައިވާ އަގުބޮޑެތި ކުރެހުންތަކުގެ ތެރޭގައި 1 މިލިއަން ޑޮލަރ އަށް ކުރަހާފައިވާ އައިހެވަން މަޝްރޫއު އާއި ބަރެސްދޫ ޕްރޮޖެކްޓް ހިމެނެއެވެ. އައިހެވަން މަޝްރޫއުގެ ކުރެހުން އެހާ ބޮޑު އަގުގައި ކުރެހި އިރު އެ މަޝްރޫއުއަކީ ފީސިބަލް މަޝްރޫއުއެއްތޯވެސް ބަލާފަނެތްކަން ފާހަގަކުރަމެވެ.
ދެން ފެނިގެން މިދިއައީ އެއާޕޯޓް ޑިވެލޮޕްމަންޓްގެ ނަމުގައި ކުރެހުންތަކެއް ކުރަހައި ބޮޑު ރަސްމިޔާތެއްގައި ދައްކާލިތަނެވެ. މިހާރުވެސް އެއާރޕޯޓް ޑިވެލޮޕް ކުރަމުންއެދަނީ އެމަނިކުފާނުގެ މިނިސްޓަރ ކަމުގައި ކުރަހާފައިވާ ކުރެހުމަށެވެ. ނަމަވެސް އަނެއްކާވެސް މި ފެނިގެންދިޔައީ އޭރުގެ ކުރެހުން ގޯސްވެ އެކުރެހުމުގައި ހުރި ބައެއްތަންތަން ހަދައި ނިމިފައިވަނިކޮށް އެތަންތަން ވެސް ބަދަލުކުރާތެނެވެ. އަދި އެއްމެ ފާހަގަކޮށްލެވެނީ ސިނަމާލެ ބުރިޖުގެ ބަދަލުގައި މާލޭ އުތުރުފަރާތުން ފުނަދޫ ހުރަސްކޮށް ހުޅުލެއާއި ބުރިޖަކުން ގުޅުވާލައި އެ ބުރިޖް ހުޅުމާލެ އަރިމަތިން ގޮސް ޝެރަޓަން (ފުލްމޫން) ރިސޯޓާވެސް ގުޅުވާލާތަނެއެވެ.
މިފަހަރުގެ ކުރެހުން ކުރަހާފައިވަނީ ކިހާބޮޑު އަގެއް ރައްޔިތުންގެ ފައިސާއިން ޙަރަދުކޮށްގެންބާވައެވެ. މައުލޫމާތު އިނގޭ ފަރާތްތަކުން ބުނަމުންދަނީ އެފަދަކުރެހުންތައް ކުރައްސަވަނީ ދައުލަތުގެ ފައިސާ ވަކިބަޔަކަށް ދީގެން ބޮޑެތި އަދަދު ތަކުން ކަމިޝަން ނެގުމަށެވެ.