
މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ރައީސް މުއިއްޒު ގަނެ ޕީއެންސީއަށް ވައްދައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ޕީއެންސީއަށް ބަދަލުވެފައިވަނީ ގަލޮޅު މެދުދާއިރާ ތަމްސީލު ކުރައްވާ މަރިޔަމް ރީހާން ނާޒިމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އާއިޝަތު ނިޒްލީ ރަޝީދުއެވެ.
ބައެއް މީޑިއާ ރިޕޯޓު ބުނާގޮތުން މިއިން ކޮންމެ ކައުންސިލަރަކު ޕީއެންސީއަށް ސޮއިކޮށްފައިވަނީ ފަސް ލައްކަ ރުފިޔާއަށެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އާއްމު ކުރުމަށް ރޭ ބޭއްވި ހަފްލާގައި މި ދެކައުންސިލަރުން ވެސް ވަނީ ޕީއެންސީ އާއި ގުޅުނު ފޯމު ރައީސް މުއިއްޒު އާއި ހަވާލުކޮށްފައެވެ.
މާލެ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީއަށް ސޮއި ކުރި އިރު ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކުވެސް ވަނީ ޕީއެންސީއަށް ދާދި ފަހުން ސޮއިކޮށްފައެވެ. އެ މެމްބަރުން ގަތުމަށް ބޮލަކަށް 4 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ވަނީ އަޑުއަރާފައެވެ.
މިދުވަސްވަރަަކީ ބޮޑެތި އަދަދުން ފައިސާ ނަގައި ސިޔާސީ ޕާޓީ ބަދަލު ކުރުމުގެ ފޯރި ގަދަ ދުވަސްވަރެކެވެ.