ޔާމީންގެ ވަފާތެރި އެތައް ބަޔަކު ޕީއެންސީ ޓިކެޓު ކަށަވަރުކޮށްފި

ރައީސް ޔާމީންއަށް ތާއިދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ޕީއެންސީގެ މަޖްލިސް ޓިކެޓު ކަށަވަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އިސްވެ އުފައްދަވާ ޕީޕަލް ނެޝަނަލް ފްރަންޓު ޕާޓީ އުފެއްދުން މަޑުޖައްސާލާފައިވާ މައިގަޑު ސަބަބަކީވެސް ޕީއެންސީ/ ޕީޕީއެމްގެ ޕްރައިމަރީއަށް މަޑުކުރުމަށެވެ.މިހާތަނަށް ބައެއް ދާއިރާތަކުން ބޮޑު ތަރްހީބެއް ހޯދަމުން ދަނީ ރައީސް ޔާމީންގެ ހާޑްކޯ ސަޕޯޓަރުންނެވެ.

އެމީހުން މިވަގުތު ތިބީ ޕީއެންސީއަށް ސޮއިކޮށް މަޖްލިސް ޕްރައިމަރީއަށް ފޯމު ހުށަހަޅައިގެންނެވެ.ޕީޕީއެމް/ ޕީއެންސީއިން ޕްރައިމަރީ ލަސްކުރި މައިގަޑު ސަބަބަކީވެސް ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް ޕާޓީ ޓިކެޓު ހޯދަފާނެތީއެވެ.

އަދި އެކަން ކަށަވަރު ކުރުމަށް ގިނަ ބަޔަކު ގެނެސް އަދުރޭ އާއި މުއިއްޒު ގެންދަވަނީ ސުވާލު ކުރަމުންނެވެ.މައުލޫމާތު އެނގޭ ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވީ މިވަގުތު ރައީސް މުއިއްޒުގެ ވަރަށް އަރިހުގައި ވެސް ޔާމީންގެ ސަޕޯޓަރުން ތިބިކަމަށެވެ.

"ރައީސް ޔާމީނަކީ ބަތްކައްކާ ކުޅުއްވާ ބޭފުޅެއް ނޫން, ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން, މިވަގުތު މަޑުން އެހުންނެވީ މަޖްލިސް ޓިކެޓު ހޯދައި, އިތުރު ހަރަދަކާއި ނުލައި މަޖްލިސް މެޖޯރިޓީ ހޯދަން, އެކަން ރައީސް ޔާމީން ވަރަށް ހިކުމަތްތެރިކޮށް ކުރައްވާނެ, ބަލަން ތިއްބަވާ"

ރައީސް ޔާމީން ގެންދަވަނީ ކޮންމެ ދުވަހަކުވެސް މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ އެކި ޖަރީމާތަކުގެ މައުލޫމާތު ހޯއްދެވުމުގައެވެ. އަދި ވަރަށް އަވަހަށް އެހެން ސިޔާސީ ޕާޓީތަކާއި އެކު ރައީސް ޔާމީން ނިކުންނަވާނެއެވެ.