މާލޭގެ މިސްކިތަކަށް ބިސް ޖަހައިފި

މާލޭގެ މިސްކިތަކަށް ބިސް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިސް ޖަހާފައިވަނީ ތައުބާ މިސްކިތަށެވެ. ތައުބާ މިސްކިތަށް ބިސް ޖެހި މައްސަލާގައި މިހާތަނަށް ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ދީން ހިމާޔަތްކޮށް ދީނީ އަގީދާ ވަރުގަދަ ކުރުމަށްކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުން ފެންނަނީ ދީނާއި ހިލާފުކަންކަން ފަތުރާތަނެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ އިތުރުން އާ އަހަރު ފާހަގަ ކުރުމަށް ބައެއް ރަށްތަކުގައިވަނީ ބަނގުރަލާއި އެކު މަސްތުވެ ތިބެ ޝޯވްދީފައެވެ.

ޔޫތު މިނިސްޓްރީއިން އާ އަހަރު ފާހަގަ ކުރުމަށް ބޮޑު ޝޯވްއެއް ރޭވި ނަމަވެސް ފަހުވަގުތު ޝޯވް ކެންސަލް ކުރީ މޫސުމް ގޯސްވެގެންނެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ތާއިިދާއި އެކު މުއިއްޒު ރައީސް ކަމަށް ވަޑައިގެން, މިހާރު ފެންނަނީ މަޖްލިސް މެމްބަރުން ގަތުމަށް ރިޝްވަތުގެ ހުތުރު ފައިސާ ބަހާތަނެވެ. ނަމަވެސް މިއިން ކަމަކަށް ދީނީ އިލްމުވެރިއަކު ބަސް ވިދާޅެއް ނުވެއެވެ.