ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީގެ ރިޔާސަތުގައި ނުކިޔަވާ ހުރި އަދުރޭ, ދިވެހި ކިޔަވާ ކުދިންނަށް ކުރި ބޮޑު ފުރައްސާރައެއް

ރާއްޖޭގެ ކިޔަވާ ކުދިންނަށް ފުރައްސާރަ ކުރުމުގެ ގޮތުން މިއަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ) ގައި ބެއްވި ބައްދަލުވުމެއްގެ ރިޔާސަތުގައި ގުރޭޑް 7 ގެ ފެންވަރުވެސް ނެތް، ރައީސް މުއިއްޒުގެ އެޑްވައިޒަރ އަބްދުއްރަހީމް (އަދުރޭ) ބަހައްޓައި ޖަލްސާއެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ބޭއްވި މި ބައްދަލުވުމަކީ ތައުލީމީ ދާއިރާއާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯދަން ހަޔަރ އެޑިއުކޭޝަނުން ރައީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރ އަބްދުއްރަހީމް (އަދުރޭ) އާއި އެކު ބޭއްވި ބައްދަލުވުމެކެވެ. މިއިންސާފުވެގެން ދަނީ ރައީސް މުއިއްޒު ރާއްޖޭގެ ޒުވާނުންގެ މަތީތައުލީމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިހްލާސްތެރި ކަމެއް އެއްވެސް މިންވަރަކަށް ނެތް ކަމެވެ

ގްރޭޑް 7 ގެ ފެންވަރުވެސް ނެތް މީހަކު ހަޔަރ އެޑިއުކޭޝަންގެ ހުރި މައްސަލަތައް ހައްލުކުރަން މުއިއްޒު ފޮނުވުން ވެގެން ދިޔައީ އެ މިނިސްޓްރީއަށާއި، ދިވެހި ރައްޔިތުންނަށް ލިބުނު ސިހުމަކަށެވެ. ސޯޝަލް މީޑިޔާގައި ވާހަކަ ދައްކަމުން މުއިއްޒުގެ މި އަމަލާއި މެދު، މީހަކު ބުނެފައިވަނީ ”ވީ ރޯން ކަމެއް، ހޭން ކަމެއް“ ނޭނގުނު ކަމަށެވެ. ޤައުމުގެ ހާލަތު މިހާލަތަށް ވެއްޓި ގޯހަކަށް ފަހު ގޯހެއް ހަދަމުން ދާއިރު މިވަގުތު މުއިއްޒު އިނެންވީ، އެތައް މިލިއަން ހަރާން ފައިސާއެއް ރިޝްވަތުގެ ގޮތުގައި ދީގެން ގަތް މަޖިލިސް މެމްބަރުން ޕީއެންސީ، އަށް ސޮއެ ކުރަން ހަފްލާއެއް ބާއްވައިގެން އުފާ ފާޅު ކުރުމުގައެވެ.