ކަސްބީ އަންހެނުން މުއިއްޒު ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް! ދީނާއި, ގައުމިއްޔަތު ކުރިއެރުމުގެ އާ އުސްމިންތަކެއް!

ދީނީ އިލްމުވެރިންގެ ބޮޑު ތާއިދާއި އެކު ރައިސް ކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުގެ މަތީ މަގާމުތަކަށް ކަސްބީ އަންހެނުން އައްޔަން ކުރާތީ ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

ދީނާއި ގައުމިއްޔަތުގެ ޓެގް އަޅުވައިގެން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުގެ އެެކި މަގާމުތަކުގައި ތިބީ އަމިއްލައަށް ބަރަހަނާވެފައިވާ މީހުންނާއި, ކަސްބީ އަންހެނުންގެ އިތުރުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުންނާއި, އަމިއްލަ ބަރަހަނާ ފޮޓޯ އެހެން މީހުންނަށް ފޮނުވާފައިވާ މީހުންނެވެ.

މުއިއްޒުގެ ސަރުކާރުގެ ހޯމްލޭންޑު ސެކިއުރިޓީގެ ނައިބް އަމާނީގެ ބަރަހަނާ ފޮޓޯ ލީކުވެފައިވާ އިރު އަދިވެސް އޭނާ ހުންނެވީ ނައިބް ވަޒީރުގެ މަގާމުގައެވެ.

މުއިއްޒު އިއްޔެ ވަނީ ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އިންސްޓަގްރާމް މޮޑެލް ސަފާ އައްޔަންކޮށްފައެވެ. ސަފާ އަކީ މަޝްހޫރު ސިޔާސީ ހަވަރުތުންފުއްސެކެވެ.

މީގެ އިތުރުން ރައީސްގެ ތަރުޖަމާނު ޝަހީބުއަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރާއްޖޭގެ ރިކޯޑު މުގުރާލާފައިވާ މީހެކެވެ. އަދި ދާދި ފަހުން ހެލްތުގެ ނައިބަކަށް އައްޔަން ކުރި ފުވައްމުލަކު މީހަކު ވަނީ އޭނާ ފުވައްމުލަކު ސިއްހީ މަރުކަޒުގެ އަންހެން މުވައްޒަފަކަށް އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވާފައެެވެ.