ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ މެމްބަރުން އެމްޑީޕީއަށް ތާއިދު ކުރުމުން އެމީހުންނަކީ ފައިސާއަށް ވިކިފައި ތިބި ކުނިބުނިއަށް ވާއިރު ޖޭޕީން ޕީޕީއެމްއަށް ދިޔަ މީހުން ވަލީވެރިންނަށްވެއްޖެއެވެ.
ޕީޕީއެމްގެ ސޯޝަލް މީޑިއާތަކުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭގޮތުން ކޮންމެ ވާހަކައެއް ފެތުރިއަސް އެއީ ތެދެކެވެ. ނަމަވެސް ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައި ޑރ. މުއިއްޒު ހިންގި ޖަރީމާތަކަކީ ހުދު ކާފޫރެވެ.
މިއަދު ޕީޕީއެމްއިން ފެންނަނީ ލޯމަރާލައިގެން ތިބެ އެމީހުންގެ ލީޑަރ އުމުރަށް ޖަލުގައި ބޭއްވުމަށް މަސައްކަތް ކުރާތަނެވެ. އެގޮތުން ޖޭޕީން ޑރ. މުއިއްޒުއަށް ތާއިދު ކުރާ މީހުންނަކީ ރައީސް ޔާމީންގެ ވެރިކަން ނިމި އެމަނިކުފާން ޖަލަށް ލުމުން އަމިއްލަ މަންފާއަށް އެމަނިކުފާން ދޫކޮށް ދިޔަ ޤައްދާރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކު އާއި ކުރީގެ ނައިބް ރައީސް ޖިހާދު އާއި ޔޫތު މިނިސްޓަރ އިރުތިޝާމް ފަދަ ބޭފުޅުން ހިމެނެއެވެ.
ނަމަވެސް އެމީހުންނަށް ޕީޕީއެމް ސަޕޯޓަރުން ސަނާ ކިޔަނީ ލޯމަރާލައިގެން ތިބެއެވެ.