ގައްސާނުގެ ސިއްރު ލޯބިވެރިޔާ ސަފާ ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް

ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫންގެ ސިއްރު ލޯބިވެރިޔާ ފާތިމަތު ސަފާ އަހުމަދު އަށް ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ޑރ. މުއިއްޒު ހަމަޖައްސައިފިއެވެ.

ސަފާއަކީ އިންސްޓަގްރާމް މޮޑެލްއެކެވެ. އޭނާ އާއި ގައްސާން އާއި ދެމީހުން އަންނަނީ އިންސްޓްގްރާމް މެދުވެރިކޮށް ސިއްރު ލޯބީގެ ގުޅުން ބާއްވަމުން ކަމަށް ސަފާގެ އެކުވެރިޔާ ވަނީ މައުލޫމާތު ދީފައެވެ.

ރިސާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހިންގާ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ހިއްސާ ސަފާ ހޯދާފައިވާ އިރު މީގެ ކުރިންވެސް އޭނާ އައީ ރައީސް އިބޫ ސޯލިހުގެ ސަރުކާރުން ޕްރިޖެކްޓް ނަގަމުންނެވެ. އެކި މީހުންނާއި އެކު ސިއްރު ގުޅުން ބާއްވާ ސަފާ އަކީ ސިޔާސީ ބައެއް މީހުންގެ މެދުގައި ވަރަށް މަގްބޫލް ފަރާތެކެވެ.

ސަފާ އާއި ގައްސާންގެ ސިއްރު ލޯބީގެ ގުޅުން އޮންނަތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށް އޭނާގެ އެކުވެރިޔާ ބވަނީ ކިޔާދީފައެވެ. ސަފާ ޑިފެންސް މިނިސަޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ އަކަށް އައްޔަން ކުރުމާއި ގުޅިގެން އޭނާއަށާއި ރައީސް މުއިއްަޒުއަށް ރައްޔިތުން އަންނަނީ ފާޑު ކިޔަމުންނެވެ.