
ރާއްޖޭގެ ބިމުން އެންމެ ވެލިފުކެއްވެސް ބޭރު ބަޔަކަށް ވިއްކާ ނުލާނެކަމަށް ބުނެ ރައްޔިތުން އޮޅުވާލައިގެން ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒު ރާއްޖެއިން 70 ހެކްޓަރު ބިން އިންޑިއާގެ ސީއެމްސީސީގެ ރާޖުއަށް ވިއްކާލައިފިއެވެ.
ފުށިދިއްގަރުފަޅު ގައި ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ ފަށާފައިވާ ޖަރީމާއަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށްވުރެ ބޮޑު ޖަރީމާއެކެވެ. ސީއެމްސީސީއަށް ދޭ ބިމުގެ އަގަކީ 45 ބިލިއަން ރުފިޔާއެވެ.
ފުށިދިއްގަރު ފަޅަކީ މާކެޓު ރޭޓުން ބަލާ ނަމަ މިހާރުވެސް 250 މިލިއަން ޑޮލަރު ނުވަތަ 3.8 ބިލިއަން ރުފިޔާގެ އަގަށް ހިއްކަން އޮތް ތަނެކެވެ. އެތަން ހިއްކުމަށް މުއިއްޒު ސީއެމްސީސީ އާއި އެކުހަދާފައިވާ ޑީލުގެ ދަށުން ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން އަދި ފުށިދިއްގަރު ފަޅުން ހިއްކާ ބިމުގެ ތެރެއިން 60 ހެކްޓަރ ބިން ދިނުމަށް ވަނީ ނިންމާފައެވެ.
އެންމެ ފަހުން އެޗްޑީސީއިން ހުޅުމާލެއިން ބިން ވިއްކި އަގަށް ބަލާއިރު ހުޅުމާލެ ފޭސް 3 އިން ސީއެމްސިސީއަށް ދޭ 10 ހެކްޓަރ ބިމުގެ މާކެޓު އަގަކީ 5.3 ބިލިއަން ރުފިޔާއެވެ.
ރާއްޖޭގެ ބިމުން އެންމެ ވެލިފުކުއްވެސް ބޭރު ބަޔަކަށް ވިއްކާނުލާނެކަމަށާއި, ޗާގޯސް މައްސަލާގައި ރާއްޖެއިން ގެއްލުނު ބައި ހޯދަން ހުވާކުރެއްވި ރައީސް މުއިއްޒުގެ ވެރިކަމަށް މަސް ދުވަސްވީ އިރު މިހާރު ފެންނަނީ ރާއްޖޭގެ ފަޅުތަކާއި ބިންތައް ސިއްރުން އެކި މީހުންނަށް ވިއްކަން އުޅޭ މަންޒަރެވެ. މިވާހަކަ ގެނެސްދޭ ވެބްސައިޓު ތަކާއި ނޫސްތައް ސަރުކާރުން ވަނީ ބްލޮކް ކުރަން ފަށާފައެވެ.