ރައީސް ޑރ. މުއިއްޒުގެ ސަރުކާރު "އޮރިޔާން" ކުރާ ސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށައިފިއެވެ.
ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުއް ލަތީފް ވެސް ވަނީ ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ނޫސްތައް ބްލޮކް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ބުނެފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް މަސް ދުވަސްވީ އިރު މިހާރު ފެންނަނީ ހުދުމުހުތާރުކަން އިސް ކުރަމުން އަންނަ ތަނެވެ. އެގޮތުން ސަރުކާރުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަން ކޮށް އޭނާ ދަނީ ނޫސްވެރިންގެ ސުވާލުތަކަށް ހުރަސް އަޅަމުންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ފޮރުވާނެ އެއްޗެއް ނުބަހައްޓާނެ ކަމަށާއި ދެފުށް ފެންނަ ވެރިކަމެއް ކުރައްވާނެކަމުގެ ވައުދާއި އެކުއެވެ.
މުއިއްޒު ވެފައިވަނީ ރާއްޖޭގައި މިހާތަނަށް ރައްޔިތުން އިންތިހާބު ކުރި އެންމެ ނާގާބިލް ރައީސަށެވެ. ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ނަަމަވެސް މުއިއްޒުގެ ޕީއެޗްޑީ އާއި މެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. ރައީސް އޮފީހުން ފެށިގެން ކެބިނެޓު ވަޒީރުންނާއި, ވަޒީރުންގެ ނައިބުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީންނަށް އިސް ކުރަމުން އަންނަނީ ނާގާބިލް, ކޮރަޕްޓު ވަގުންނެވެ.
ތައުލީމީ ގާބިލް ސަރުކާރެއް އެކުލަވާލާނެކަމަށް ވިދާޅުވި މުއިއްޒުގެ ސަރުކާރު މަތި ބަރުވެ, ނާގާބިލް އަޅު ކުދިން މަގާމުތަކަށް އައްޔަން ކުރާތީ މުއިއްޒުގެ ސަރުކާރަށް ގިނަ މީޑިއާ ތަކުން އަންނަނީ ފާޑު ކިޔަމުންނެބެ. ގިނަ ނޫސްވެރިން އަންނަނީ މުއިއްޒުގެ ސަރުކާރާއި ގުޅޭ ގިނަ ސުވާލު ކުރަމުންނެވެ. އެ ސުވާލުތަކަށް ޖަވާބު ނުދީ މިހާރު މި ފެންނަނީ އެ ހަބަރު ގެނެސްދޭ ނޫސްތަކާއި ނޫސްވެރިންނަށް ހަމަލާދޭން ފަށާފައެވެ. ފުރަަތަމަ ބަންދު ކުރަން ފެށީ ނޫސްތަކެވެ. ދެން ނޫސްވެރިންނެވެ. މިހާރު ކިރިޔާވެސް ރައްޔިތުން ސަލާމަތުން ތިބީ މަޖްލިސްގެ މެޖޯރިޓީ މުއިއްޒުއަށް ނެތަތީއެވެ.