
ދިޔަވަރު އަދި ކުރުސީގެ ނަމުގައި ސަރުކާރަށް ފާޑު ކިޔައި ޑރ. މުއިއްޒުގެ ކަރަޕްޝަން ހާމަކުރަމުން ދިޔަ ދެ ނޫހެއް ސަރުކާރުން ބްލޮކް ކޮށްފިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނީ ސަރުކާރުން އަންގައިގެން ބައެއް ސައިޓު ބްލޮކްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް ބްލޮކްކޮށްފައިވާ ކަމަށެވެ.
ބަރަހަނާ ސައިޓު ބްލޮކް ކުރުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔާ ހުރިހާ ނޫސްތަކެއް ބްލޮކް ކުރުމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި މުއިއްޒު ހިންގަން ފަށާފައިވާ ބޮޑު ކަރަޕްޝަންގެ މައުލޫމާތު ކުރުސީ އަދި ދިޔަވަރު ނޫހުން އައީ ހާމަ ކުރަމުންނެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އެކި ވުޒާރާ ތަކާއި ސަރުކާރާއި ގުޅުން ހުރި ފަރާތްތަކުން ހިންގަމުން އަންނަ ބޮޑެތި ޖަރީމާތައް އާއްމުންނަށް ތިލަ ކުރަން ފެށުމާއި އެކު ސަރުކާރުން މިވަނީ ބާރުގެ ބޭނުން ހިފަން ފަށާފައެވެ.