ސިޔާސީ ވެރިންގެ މުސާރަ ބޮޑުކުރަން ފޮނުވީ މުއިއްޒު ސަރުކާރުގެ މާލީވަޒީރު!

މަޖިލީސް މެންބަރުންގެ މުސާރަ އަމިއްލައަަށް ބޮޑުކުރީ ކަމަަށް ބުނެ ފަތުރަނީ އެއްމެ ރަނގަޅު ވާހަކައެއް ނޫނެވެ. ކޮމެޓީ ނިންމާ މަޖިލީސް ތަޅުމަށް ފޮނުވީ އިތުރަށް ބަހުސްކުރުމަށާއި ހިޔާލު ހޯދުމަށެވެ.

މިއީ މި ސަރުކާރުން އެދެގެން ‏2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުން މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާ އަދަދު ތަކުގެ ތެރިންނެވެ. އަދި ބަޖެޓުތަކުގައި މި އަދުދުތައް ޖެހިފަ މިއިނީ މިއަދުގެ މާލީވަޒީރުގެ ލަފާގެ މަތިންނެވެ.

‏މީގެ ތެރެއިން ބަޔެއް މަގާމުތަކާއި މުއައްސަސާތަކުގެ މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށެވެ. އޭގެތެރޭގައި ރައީސް އަދި ނައިބު ރައީސް ގެ އިތުރުން މަޖިލީސް ރައީސް އަދި މަޖިލީސް ނައިބު ރައީސް، މަޖިލީސް މެންބަރު، އުއްތަމަ ފަނޑިޔާރު، މަޖިލިސް މެމްބަރުން، ވަޒީރުން، ގަވަަރުނަރު، އޭޖީ، ޕީޖީ، ސިޓީތަކުގެ މޭޔަރުން އަދި މެންބަރުން، ރަށުކައުން ސިލުތަކުގެ ރައީސްއިން އަދި މެންބަރުން، އަހެންނުން ކޮމެޓީ އިތުރުން މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުން، ނައިބުން، މެމްބަރުން ހިމެނެއެވެ.

‏މިމަސައްކަތަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ދެއްކުމަށް މިވަގުތު ސަރުކާރުގައި އޮވެގެން ޕީއެންސީ އިން ކުރަމުން ދަނީ ޒިންމާދާރު ކުޑަކޮށްނެވެ.

‏ވިސްނާލާ ފިކުރު ކުރި ކޮށްމެ މީހަކަަށް ފަހުމު ވާނެކަމަކީ، އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ މުސާރަ ބޮޑުކުރަން ބޭނުންނަމަ މިކަން ކުރާނީ މިއަދު، މަޖިލީސް ދައުރު ޖަމަވާ 2 މަހަށް ވީމާކާ ނޫނެވެ.

ސަރުކާރަށް އައީވެސް އޮޅުވާލައިގެންނެވެ. މަތި ލުއި، ޙަރަދު ކުޑަ ސަރުކާރެއް އެކުލަވާލަން އައި މީހުންގެ ސިޔާސީ މަގާމު 700 ހުރަސްކޮށްފިއެވެ.