އާއިލީ ވެރިކަން: ސެމްބެގެ ކޮއްކޮ ބިޒްނަސް ސެންޓަރ އެމްޑީއަކަށް, މިނިސްޓަރ އަމީން ދަރިއަށް އެސްޓިއޯ ބޯޑު މެމްބަރުކަން


ދޮގާއި މަކަރުން ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކަށް ސަރުކާރުގެ އިސް ފަރާތްތަކުގެ އާއިލީ މީހުން އައްޔަން ކުރަމުން އަންނަ އިރު ބިޒްނަސް ސެންޓަރގެ މެނޭޖިން ޑިރެކްޓަރ އަކަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފުގެ އެއްބަޑު އެއްބަފާ ކޮއްކޮ އިބްރާހިމް ޒިޔާއު މުހައްމަދު ހަމަޖައްސައިފިއެވެ.

މީގެ އިތުރުން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓިއޯގެ ބޯޑު މެމްބަރަކަށް ސިވިލް އޭވިއޭޝަން މިނިސްޓަރ އަމީންގެ ދަރި ދާނިޝް މުހައްމަދު އަމީން ހަމަޖައްސައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ މަގާމުތަކަށް މުޅިންވެސް އައްޔަން ކުރަމުން އަންނަނީ މުއިއްޒު އާއި ފަސްޓުލޭޑީ ސާޖިދާ އަދި ޕީއެންސީގެ ރައީސް ރައީސްގެ އެޑްވައިޒަރ އަދުރޭގެ ގާތްތިމާގެ މީހުންނާއި ނައިބް ރައީސްގެ ގާތްތިމާގެ މީހުންންނެވެ.

އެގޮތުން އަދުރޭގެ އާއިލާގެ 30 މީހަކަށް މިހާތަނަށް ވަނީ ސަރުކާރުގެ އިސް މަގާމުތައް ދީފައެވެ. މީގެ އިތުރުންވެސް ރައިސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒުގެ ދެމަފިރިންނަށްވެސް ވަނީ މިނިސްޓަރ ފެންވަރުގެ މަގާމުތައްދީފައެވެ.

މިހާތަނަށް ދެމަފިރިންގެ ގޮތުގައި ސްޕޯޓްސް ކަމިޝްނާ ތޮލާލުގެ އަންހެނުން ޝެރީނާ އަބްދުއް ސަމަދުއަށްވެސް ވަނީ ފޮރިން މިނިސްޓްރީގެ ނައިބްކަން ދީފައެވެ.