ޔާމީންގެ ވަފާތެރިން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާތީ އަނެއްކާވެސް ޕްރައިމަރީ ފަސްކޮށްފި

މަޖްލިސް އިންތިހާބުގެ ޕްރައިމަރީގައި ރައީސް ޔާމީންގެ ގިނަ ވަފާތެެރިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީއަށް ފޯމު ހުށަަހެޅުމާއި ގުޅިގެން އެކަން ދިރާސާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފިއެވެ.

ޕީއެންސީގެ އޮފިޝަލަކު ބުނީ މިފަހަރުވެސް ޕްރައިމަރީ ފަސްކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީން ޕްރައިމަރީއަށް ވާދަކުރަން ނަން ހުށަހެޅި ފަރާތްތައް އިތުރަށް ދިރާސާ ކުރުމަށެވެ.

"މީގައި އެބަތިބި ވަރަށް ގެރެންޓީ ރައީސް ޔާމީންގެ ލޯޔަލް މީހުން, އަދި އެމީހުން މިތިބީ ކެމޯވެގެން, ޓިކެޓު ހޯދަން, އެކަން މިހާރު އަދުރޭ ސޯ މެން ބަލަުމުން އެދަނީ, އެމީހުންނަށް ޓިކެޓު ލިބިއްޖިއްޔާ ރައީސް ޔާމީންގެ ޕްލޭން ކާމިޔާބުވީ އެހެންވެ އެކަން ބަލަން އިތުރު ވަގުތު ބޭނުންވެގެން އިންތިހާބު ލަސް ކުރީ"

ޕީޕީއެމްއިން ރައީސް ޔާމީން ވަކިވެ ޕީއެންްއެފް ހެދުމުގެ މަސައްކަތް ކުރާ އިރު ރައީސް ޔާމީންގެ ލޯޔަލް އެތައް ބަޔަކު އަދިވެސް ޕީޕީއެމްގައި މަޑުކޮށްގެން އެބަތިބިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިފަހަރުގެ މަޖްލިސް އިންތިހާބުގައި ވާދަކުރުމަށް ވަނީ ޕްރައިމަރީ ގައި ބައިވެރިވެފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކުވެސް ބުނީ މުއިއްޒުގެ ފަހަތުގައި ތިބި އެތައް ބަޔަކުވެސް ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި އެމީހުން މަޑުން އެތިބީ މަޖްލިސް އިންތިހާބަށް ކަމަށެވެ.

"މަޖްލިސް އިންތިހާބުގައި ރައީސް ޔާމީން މެޖޯރިޓި ނަންގަވާނެ, މުއިއްޒު އަޒުލު ކުރާތަން ފެންނާނެ, އެދިމާލަށް މިދަތުރު ކުރަނީ"

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކުރި މިއީ ދެވަނަ ފަހަރުއެވެ. އަދިވެސް މުއިއްޒު އާއި އަދުރޭއަށް އިތް ގިން ޖެހުމަކީ މީގައި ތިބި ރައީސް ޔާމީންގެ ލޯޔަލް މީހުން ދަނެގަތުމެވެ.