ބަރަހަނާ ސައިޓުތައް ބްލޮކް ކުރިކަމަށް ބުނެ އަނެއްކާވެސް ސަރުކާރުން ބޮޑު ދޮގެއް ހަދައިފ

ރާއްޖެއިން ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް ބުނެ ރޭ ސަރުކާރުން އަނެއްކާވެސް ބޮޑު ދޮގެއް ހަދައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ބުނެފައިވާ ގޮތުން ކޮމިނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންދޭ ތިން ކުންފުނިން މިހާރު ރާއްޖެއިން ބަރަހަނާ ސައިޓުތަކަށް ނުވަދެވެއެވެ. ނަމަވެސް އަދިވެސް ގިނަ ސައިޓުތަކަށް ފަސޭހައިން ވަދެވޭ ކަމަށް ބުނެ އާއްމުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ރަސްމީ ޖަވާބެއް ނުދިން ނަމަވެސް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ކުންފުނި ދިރާގުގެ ނެޓްވޯކްގެ ތެރެއިން ބަރަހަނާ ވެބްސައިޓުތަކަށް މިހާރު ނުވަދެވެ އެވެ. އެ ކުންފުނިން ރަސްމީކޮށް މީޑިއާތަކާ އަދި ވާހަކައެއް ނުދައްކަ އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ނުވަތަ މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އިދާރާ އިން އަންގާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މުވާސަލާތީ ކުންފުނިތަކުން އަބަދުވެސް ހަމަޖައްސަ އެވެ.

ކޭމްގެ އިސްބޭފުޅަކު ވިދާޅުވީ، ސަރުކާރުން އަންގާ ވެބްސައިޓްތައް ބްލޮކް ކުރަން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކަށް އަބަދުވެސް އަންގާ ކަމަށާއި އެހެންވެ ބަރަހަނާ ވެބްސައިޓްތަކަށް އެ ފުރުސަތު ބަންދު ކުރަން އެންގުމުން އެ ކަން ކުރާނެ ކަމަށެވެ. ސީދާކޮށް ވަކި ޖަވާބެއް ނުދެެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ ސަރުކާރުން ރަސްމީކޮށް އެ ކަމުގައި އެއްޗެއް ވިދާޅުވާނެހެން،" އޭނާ ވިދާޅުވި އެވެ.